ބީބީސީން ލައިވްކުރި މިއުޒިކް ފެސްޓިވަލެއްގައި އިސްރޭލްގެ އަސްކަރިއްޔާގެ މަރަށް ގޮވާލި މައްސަލައެއް

Advertisement

އެންމެ ފަސް

Advertisement

އިނގިރޭސިވިލާތުގައި ކުރިއަށްދިޔަ މިއުޒިކް ފެސްޓިވަލެއްގައި އިސްރޭލާ ދެކޮޅު ހުށަހެޅުންތަކެއް ހުށަހެޅި މައްސަލަ އެ ޤައުމުގެ ފުލުހުންގެ އިދާރާއިން ބަލަން ފަށައިފި އެވެ.

އިނގިރޭސިވިލާތުގެ ދައުލަތުގެ ބްރޯޑްކާސްޓަރ ބީބީސީން ލައިވްކުރި ގްލާސްޓަންބަރީ ފެސްޓިވަލްގައި ޕަންކް ޑުއޯ ބޮބް ވައިލަން އަދި އައިރިޝް ރެޕް ގްރޫޕް ނީކެޕްގެ ފަރާތުން ވަނީ އިސްރޭލާ ދެކޮޅު ހުށަހެޅުންތަކެއް ހުށަހަޅާފަ އެވެ. ފެސްޓިވަލް ބަަލަންގޮސްތިބި އެތައްހާސް ބަޔަކު ފަލަސްތީނަށް ތާއީދުކޮށް، ފަލަސްތީނުގެ ދިދަ ހިފައިގެން ތިބިއިރު، ހުށަހެޅުން ކުރިއަށް ގެންދަމުން ބޮބް ވައިލަން ވަނީ ”ފްރީ ޕެލެސްޓައިން“ އަދި ”ޑެތް ޓު ދަ އައިޑީއެފް“ އަށް ގޮޮވާ، ހުށަހެޅުމެއް ހުށަހަޅާއިދީފަ އެވެ.

އޭގެއިތުރުން އިރިޝް ރެޕް ގްރޫޕް ނީކެޕްގެ މެންބަރަކު އެހެން މެންބަރެއް ކޯޓަށް ހާޒިރުވާން ޖެހޭ ދުވަހު ކޯޓު ބޭރުގައި ”ހަމަނުޖެހުމެއް ފެށުމަށް“ ފޭނުންނަށް ގޮވާލާފައިވެ އެވެ. ނީކެޕްގެ މެންބަރު، ލިއަމް އޮގް އޯ ހަންނައި ކޯޓަށް ހާޒިރުކުރަނީ އެހެން ފެސްޓިވަލެއްގައި ހުށަހެޅި ހުށަހެޅުމެއްގައި ހިޒްބުﷲ އަށް ތާއީދުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގަ އެވެ.

އިސްރޭއީލްގެ ޕްރޮޕެގެންޑާ ފަތުރަން އަބަދުވެސް މަސައްކަތްކުރާ ބީބީސީއިން މައްސަލައާ ގުޅޭގޮތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ހުށަހެޅުންތައް އެ ނެޓްވޯކްއިން ހަރުކަށި އިބާރާތުން ކުށްވެރިިކުރާ ކަމަށެވެ. އަދި އެ ހުށަހެޅުންތައް އެ ނެޓްވޯކްގެ އޮންލައިން ޕްލެޓް ފޯމްތަކުން މިހާރު ޑްލީޓްކޮށްލާފައިވާކަމަށެވެ.

—– ފެސްޓިވަލްގެ ވިޑިއޯ

މި މައްސަލާގައި އެ ސިޓީގެ ފުލުހުން ބުނީ އެ ފެސްޓިވަލްގެ ވިޑިއޯ ފުޓޭޖްތައް ބަލަމުން އަންނަކަމަށާއި، އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގަައި ތަހުޤީޤްކުރާނެ ކަމަށެވެ.

އިނގެރޭސިވިލާތަކީ ހައްދުފަހަނައަޅާފައިވާ އިސްރޭއީލްގެ ދައުލަތަށް ވަރަށް ބޮޑު ތާއީދެއްދޭ ވެރިކަމެއް ކުރާ ޤައުމެކެވެ. ނަމަވެސް ޕޯލްތަަކުން ދައްކާގޮތުގަައި އިނގެރޭސިވިލާަތުގެ އާބާދީގެ ބޮޑު އިންސައްތައެއް ތާއީދުކުރަނީ ފަލަސްތީންއަށެވެ. އޭގެތެރޭގައި އެ ޤައުމުގެ މަޝްހޫރު ފަންނާނުންވެސް ހިމެނެ އެވެ.

އިނގެރޭސި ސަރުކާރުގެ ވެރިން، އިސްރޭއީލަށް ކުރާ ބޮޑު ތާއީދާއެކު އެ ޤައުމުގައި އިސްރޭއީލާ ދެކޮޅު ވާހަކަތައް ދެއްކުމަކީ ހައްދުފަހަނައެޅުމުގެ ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވެ އެވެ.

އިނގެރޭސިވިލާތް އިޒްރޭލް ފަލަސްތީން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ