އައްޑޫ ސިޓީއާ 1،642 ކިލޯމީޓަރު ކައިރިއަށް ބިންހެލުމެއް

Advertisement

އެންމެ ފަސް

Advertisement

އައްޑޫ ސިޓީ އާ 1،642 ކައިރިއަށް ބިން ހެލުމެއް އަތުވެއްޖެ އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ މި ބިންހެލުން އެރީ ’މިޑް އިންޑިއަން ރިޖް‘ އަށް ކަމަށެވެ. އަދި އެ ސިޓީ ކައިރިއަށް އައިސްފައި ވަނީ 5.2 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް ކަމަށް ވެސް ބުނެފައިވެ އެވެ.

މި ބިންހެލުން އެ ސަރަހައްދަށް އަރާފައި ވަނީ 5.2 މެގްނިޓިއުޑްގެ ބާރުމިނުގައި މިރޭ ގަޑިން 20:35 ހާއިރު ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އެ ސަރަހައްދާ އައްޑޫ ސިޓީއާ ހުރި ދުރުމިނުގައި ހުންނާނީ 1،642 ކިލޯމީޓަރު ކަމަށް ވެސް ބުނެފައިވެ އެވެ.

މީގެ އިތުރުން އެ އިދާރާއިން ބުނީ ބިންހެލުމާއެކު ރާއްޖެ ސަރަހައްދަށް ނުރައްކަލެއް އޮތް ކަމަށް ލަފާ ނުކުރެވޭ ކަމަށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ