އިޒްރޭލުގެ ހަމަލާތުގައި ޝަހީދުކޮށްލި މީހުންގެ އަދަދު 68،200 އިން މައްޗަށް

Advertisement

އެންމެ ފަސް

Advertisement

2023 އޮކްޓޫބަރުން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ ނަސްލުނައްތާލުމަށް ހިންގަމުންދާ ޖަރީމާތަކުގައި މިހާތަނަށް ޝަހީދުކޮށްލި މީހުންގެ އަދަދު 68،200 އަށްވުރެ އިތުރު ކަމަށް ޣައްޒާގެ ހެލްތް މިނިސްޓްރީން ބުނެފި އެވެ.

ހަނގުރާމަ ހުއްޓާލުމަށް އިޒްރޭލާއި ހަމާސްއިން އެއްބަސްވެފައިވީނަމަވެސް، އިޒްރޭލުން ގެންދަނީ ވައިގެ ހަމަލާތައް އަދި އެއްގަމު މަގުންވެސް ޣައްޒާއަށް ދޭތެރެދޭތެރެއިން ހަމަލާތައް ދެމުންނެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރުވެސް އިޒްރޭލުގެ ހަމަލާއެއްގައި ޣައްޒާގައި އެކަކު ޝަހީދުކޮށް 3 މީހަކު ޒަހަމުކޮށްލާފައިވެ އެވެ.

އެގޮތުން ޣައްޒާގެ ހެލްތް މިނިސްޓްރީއާ ހަވާލާދީ ބޭރު މީޑިއާތަކުން ބުނެފައިވަނީ، މި ހަމަލާތަކުގައި ޝަހީދުކޮށްލި މީހުންގެ އަދަދު 68،280 އަށް އަރާފައިވާ ކަމަށެވެ. އަދި މި ހަމަލާތަކުގައި ޒަހަމުވި މީހުންގެ އަދަދު ވަނީ 170,375 އަށް އަރާފަ އެވެ.

ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވިފަހުން އިޒްރޭލުންދިން ހަމަލާތަކުގައި ޣައްޒާއިން 89 މީހަކު ޝަހީދުކޮށްލާފައިވެ އެވެ.

ޣައްޒާގެ ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެފައިވާއިރު، އިޒްރޭލުގެ ޤާނޫނުހަދާ މަޖިލީހުން ވަނީ ހުޅަނގު އައްސޭރި ހިފުމަށް މައްސަލައެއް ވައްދާ އެ މަސައްކަތް ފަށާފަ އެވެ. ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެކަން ނުކުރެވޭނެ ކަމަށާއި، އެކަން ކޮށްފިނަމަ އިޒްރޭލަށް އެމެރިކާއިން ކުރަމުންދާ ތާއީދު ގެއްލޭނެ ކަމަށް ބުނެފަ އެވެ.

އިޒްރޭލް ގައްޒާ ހަނގުރާމަ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ