ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރައްވާ މިނިވަން ކެންޑިޑޭޓް އަޔަލޭންޑްގެ ރައީސް ކަމަށް

Advertisement

އެންމެ ފަސް

Advertisement

އަޔަލޭންޑްގެ ރިޔާސީ އިންތިހާބު، ފަލަސްތީނަށް ތާއީދުކުރާ މިނިވަން ކެންޑިޑޭޓް ކެތަރިން ކޮނޮލީ ކާމިޔާބުކުރައްވައިފި އެވެ.

ކެތަރިން ކޮނޮލީ އަޔަލޭންޑްގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާފައިވަނީ 63 އިންސައްތަ ވޯޓު ހޯއްދަވައިގެންނެވެ.

އުމުރުން 68 އަހަރުގެ ކޮނޮލީ އަޔަލޭންޑްގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރިކަން އިއުލާނުކޮށްފައިވަނީ، ހޮނިހިރު ދުވަހު ހުރިހާ ވޯޓެއް ގުނާ ނިމުމުންނެވެ.

ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ނަސްލުނައްތާލުމުގެ އަމަލުތަކާ ގުޅިގެން އިޒްރޭލަށް ފާޑުވިދާޅުވުމުގައި ކޮނޮލީ ވަނީ ފާޅުކަން ބޮޑު ގޮތެއްގައި ވާހަކަ ދައްކަވާފަ އެވެ. އަދި މިކަމުގެ ސަބަބުން އޭނާއަށް އަޔަލޭންޑްގެ ރައްޔިތުން އަދި ބައެއް ސިޔާސީ ޕާޓީތަކުގެ ތާއީދުވެސް ލިބިފައިވެ އެވެ.

ކެތަރިން ކޮނޮލީގެ ކެމްޕޭން ފާހަގަކުރެވުނީ، ޒުވާނުންގެ މެދުގައި މަގުބޫލު ކެމްޕޭނެއްގެ ގޮތުގައި ކަމަށް ބޭރު މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ. އެގޮތުން ފަލަސްތީނަށް ތާއީދުކުރާ ވަރުގަދަ ސްޓޭންޑާއި ސޯޝަލް ޖަސްޓިސްއާ ގުޅޭގޮތުން ވެފައިވާ ވައުދުތަކުން ޒުވާނުންގެ ބޮޑު ތާއީދެއް ލިބުނުުކަމަށް ރިޕޯޓުކޮށްފައިވެ އެވެ.

އަޔަލޭންޑްގެ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކީ، ބައިނަލްއަގްވާމީ މައިދާނުގައި އެ ގައުމު ތަމްސީލުކޮށް، އެ ގައުމަށް ޒިޔާރަތްކުރާ އެހެން ގައުމުތަކުގެ ވެރިން ހޯސްޓްކޮށް، މުހިންމު ދައުރެއް އަދާކުރާ ފަރާތްތަކެކެވެ. ނަމަވެސް ގާނޫނުތަކާއި ސިޔާސަތުތައް ބައްޓަންކުރުމުގެ ބާރެއް ނޯންނާނެ އެވެ.

ކެތަރިން ކޮނޮލީ ވާނީ އަޔަލޭންޑްގެ 10 ވަނަ ރައީސްގެ އިތުރުން އެ މަގާމު ފުރުއްވާ ތިން ވަނަ އަންހެން ބޭފުޅާ އެވެ.

އަޔަލޭންޑް ފަލަސްތީން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ