މާފަންނު ގެއެއްގައި 18 އަހަރުގެ އަންހެނަކު ގަދަކަމުން ހިފަހައްޓައި އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ދެންމެ ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނިގޮތުގައި މި މައްސަލަ ހުށަހަޅާފައިވަނީ މާފަންނު ގެއެއްގެ ތެރޭގައި އެ ޒުވާނާ ގަދަަކަމުން ހިފަހައްޓައި ޖިސްމާނީ އަނިޔާކުރި ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންގެންދާ ކަމަށާއި ތަހުގީގަށް ކުރިއެރުންތައް ލިބެމުން އަންނަ ކަމަށެވެ.
އިތުރު ތަފްސީލެއް ނުދެ އެވެ.
