ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބެލެހެއްޓުމުގެ ޑިޕްލޮމާ ކޯހެއް ފަރުމާކުރުމަށް އެމްއެންޔޫއާ ހަވާލުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބެލެއްޓުމާގުޅޭ ޑިޕްލޮމާ ކޯހެއް ފަރުމާކުރުމުގެ މަސައްކަތް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީ (އެމްއެންޔޫ) އާ ހަވާލުކޮށް، އެކަމާބެހޭ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ތިމާވެއްޓާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޠާރިޤު އިބްރާހީމެވެ. އަދި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ، ’ޑިވެލޮޕްމަންޓު އޮފް ޑިޕްލޮމާ އިން ޕްރޮޓެކްޓެޑް އޭރިޔާ މެނޭޖްމެންޓް‘ ކޯހަކީ ވަރަށް އިސްކަމެއްދީގެން ކުރިއަށް ގެންދާނެ މަސައްކަތެއް ކަމަށެވެ. މި ކޯސް ހަ މަސްތެރޭގައި ފަރުމާކޮށް، އަންނަ އަހަރު ތެރޭގައި ކޯސް ފެށިގެން ދިއުމަކީ އުންމީދެއް ކަމަށާއި، ގިނަ ފަރާތްތަކެއް މި ކޯހުގައި ބައިވެރިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގައި ޖުމްލަ 93 ހިމާޔަތްކޮށްފައިވާ ސަރަހައްދު އޮތްއިރު، މީގެ ތެރޭގައި 3 ބަޔޮސްފިޔަރ ރިޒާވް ހިމެނޭ ކަމަށާއި އިތުރު 3 ބަޔޮސްފިޔާރ ރިޒާވް ހެދުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ. މިފަދަ ތަންތަން ޙިމާޔަތްކޮށް މެނޭޖްކުރާނެ ފަރާތްތައް ބޭނުންވާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، މެނޭޖްކުރާނެ ފަރާތެއް ނެތިއްޖެނަމަ އެތަންތަން ހިމާޔަތްކުރުމުގެ ހަޤީޤީ މަޤްޞަދު ހާސިލްނުވާނެ ކަމަށެވެ.

ތާރިގު ވިދާޅުވީ ރަނގަޅު ގޮތުގައި މި މަސައްކަތް ކުރިއަށް ގެންދެވިއްޖެނަމަ، ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.

”ރާއްޖެ އަންނަ ފަތުރުވެރިންގެ 75 އިންސައްތައަކީ ރާއްޖޭގެ ތިމާވެށި ކަނޑު އަޑީގެ ރީތިކަން ބަލާލަން އަދި ރީތި ގޮނޑުދޮށްތައް ބަލާލުމަށް އަންނަ ފަރާތްތައް. އަޅުގަނޑުމެން މި ކުރާ މަސައްކަތަކީ މިތަންތަން ރީއްޗަށް ދަމަހައްޓައި އަންނައޮތް ޖީލަށް އޭގެ ރީތި ގޮތުގައި ބެލެއްޓުން، މިކަން ރަނގަޅަށް ކުރެވިއްޖެ ނަމަ އިޤްތިޞާދު ފުޅާވެގެން ދާނެ، ޓުއަރިޒަމް ފުޅާވެގެން ދާނެ.“

މި ކޯހަކީ ކެޓެނޭޓް ޕްރޮޖެކްޓުގެ ދަށުން އިންޓަރނޭޝަން ޔޫނިއަން ފޯ ކޮންޒަރވޭޝަން އޮފް ނޭޗަރ (އައިޔޫސީއެން) ގެ އެހީގެ ދަށުން ކުރިއަށް ގެންދާނެ ކޯހެކެވެ.

މިނިސްޓަރ ޠާރިޤު އިބްރާހީމް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ