ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް ނަތަންޔާހޫ އަމުރުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަމުރުކޮށްފި އެވެ.

ބޭރު މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުގައި އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ އިޒްރޭލުގެ އަސްކަރިއްޔާއަށް ވަނީ ޣައްޒާއަށް ވަގުތުން ވަރުގަދަ ހަމަލާތަކެއް ދިނުމަށް އަމުރުކޮށްފަ އެވެ. މިގޮތަށް އަމުރުކޮށްފައިވަނީ ހަމާސްއިން ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.

”ސަލާމަތީ މަޝްވަރާތަކަށް ފަހު ބޮޑުވަޒީރު ނަތަންޔާހޫ ވަނީ ޣައްޒާއަށް ވަގުތުން ވަރުގަދަ ހަމަލާތަކެއް ދިނުމަށް އަސްކަރިއްޔާއަށް އަންގަވައިފަ އެވެ.“ ނަތަންޔާހޫގެ އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެ އެވެ.

ހަމާސްއިން ތުހުމަތުކުރާ ގޮތުގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެފައިވަނީ އިޒްރޭލުންނެވެ. އެގޮތުން އޮކްޓޫބަރު 10 ވަނަ ދުވަހު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވި ފަހުން 125 ފަހަރު އިޒްރޭލުން އެއްބަސްވުމާ ޚިލާފުވެ ހަމަލާތައް ދީފައިވާ ކަމަށާއި މި ހަމަލާތަކުގައި 94 މީހުން ޝަހީދު ކޮށްލާފައިވާ ކަމަށް ހަމާއިން ތުހުމަތުކޮށްފައިވެ އެވެ.

އިޒްރޭލުން ޣައްޒާއަށް ދެމުންދިޔަ ހަމަލާތައް ހުއްޓާލާފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި އެއްބަސްވުމެއްގެ ދަށުންނެވެ. އެމެރިކާއަކީ އިޒްރޭލުގެ އެންމެ ބޮޑު މަދަަދުގާރެވެ.

ބެންޖެމިން ނަތަންޔާހޫ އިޒްރޭލް އިޒްރޭލް-ފަލަސްތީން ގައްޒާ ހަނގުރާމަ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ