ހަނގުރާމަ ހުއްޓާލުމަށް އިރާން-އިސްރޭއީލުން އެއްބަސްވެއްޖެ: ޓްރަމްޕް

Advertisement

އެންމެ ފަސް

Advertisement

އިސްރާއީލާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް ދެ ގައުމުން ފުރިހަމަ އެއްބަސްވުމަކަށް ވާސިލްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި މި އެއްބަސްވުން ތަންފީޒުކުރަން ފެށޭނީ މިހާރު ކުރިއަށްދާ ހަނގުރާމައިގެ އޮޕަރޭޝަންތައް ނިމުމަށްފަހު، 6 ގަޑިއިރު ފަހުންނެވެ. އަދި ހަނގުރާމަ ހުއްޓާލުން ދެމިއޮންނާނީ 12 ގަޑިއިރު ކަމަށާއި، އޭގެ ފަހުން ހަނގުރާމަ ރަސްމީކޮށް ނިމުނީ ކަމަށް އިއުލާންކުރެވޭނެ ކަމަށް އެމެރިކާގެ ރައީސް ވަނީ ހާމަކުރައްވާފައެވެ.

މި އެއްބަސްވުމުގެ ދަށުން، އީރާނުން ފުރަތަމަ ހަނގުރާމަ ހުއްޓާލުމަށްފަހު، 12 ގަޑިއިރު ފަހުން އިސްރާއީލުން ބައިވެރިވާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އަދި 24 ގަޑިއިރު ފަހުން، ”12 ދުވަހުގެ ހަނގުރާމަ“ ގެ ނަމުން ނަންދީފައިވާ މި ހަނގުރާމަ ރަސްމީކޮށް ނިމުނީކަމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއިން ބަލައިގަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

”މުޅި މެދުއިރުމަތީގެ ސަރަޙައްދު ހަލާކުވެ، އަހަރުތަކަކަށް ދެމިގެންދިޔަ ނަމަވެސް ދެމިގެންދާނެ ކަމަށް ބެލެވުނު ހަނގުރާމައެއް ނިންމާލުމަށް އިސްރާއީލާއި އީރާނުން ދައްކާފައިވާ ހިތްވަރާއި، ކެރުންތެރިކަމާއި، ޙިކުމަތްތެރިކަމަށްޓަކައި އަޅުގަނޑު ދެ ގައުމަށްވެސް މަރުޙަބާ ދަންނަވަން،“ ޓްރަމްޕް ވިދާޅުވިއެވެ.

އަދި ”ނަސީބު ރަނގަޅުކަމުން، އެކަން އެގޮތަކަށް ނުހިނގައި، ދެން ދުވަހަކުވެސް ނުހިނގާނެ“ ކަމަށް އެމެރިކާގެ ރައީސް ވަނީ ވިދާޅުވެފައެވެ.

އިރާން އިޒްރޭލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ