އޮސްޓްރިއާގެ ސުކޫލެއްގައި ދިން ބަޑީގެ ހަމަލާތަކެއްގައި 10 މީހަކު މަރާލައިފި

Advertisement

އެންމެ ފަސް

Advertisement

އޮސްޓްރިއާގެ ސުކޫލްގައި ދިން ބަޑީގެ ހަމަލާއެއްގައި 10 މީހުން މަރުވެއްޖެ އެވެ.

އޮސްޓްރިއާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމުގައިވާ ގްރާޒްގެ ސެކަންޑަރީ ސްކޫލެއްގައި މިއަދު ހެނދުނު ދިން ބަޑީގެ މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި 7 ދަރިވަރުންނާއި، އެއް މުދައްރިސް އަދި ހަމަލާ ދިން މީހާވެސް ހިމެނެ އެވެ.

ސިޓީގެ އިސްވެރިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި ހާދިސާ ހިނގީ އެ ޤައުމުގެ ގަޑިން ހެނދުނު 10:00 ހާއިރު އެވެ. މި ހާދިސާއާ ގުޅިގެން ޕޮލިސް ސްޕެޝަލް ޔުނިޓްތަކުން އަވަސް ފިޔަވަޅުތަކެއް އަޅައި، ސްކޫލް އިވެކުއޭޓްކޮށް، އެތަނުގައި ތިބި އެންމެން ރައްކާތެރި ތަނަކަށް ގެންގޮސްފައިވާ ކަމަށް ލޯކަލް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

ގްރާޒްގެ މޭޔަރ އެލްކެ ކާރު ”ނުހަނު ހިތާމަވެރި ކަމެއް“ ގެ ގޮތުގައި ސިފަކުރެއްވި މި ހަމަލާގައި ގިނަ އަދަދެއްގެ މީހުން ޒަޚަމްވެ، ލޯކަލް ހޮސްޕިޓަލްތަކަށް ގެންގޮސްފައިވާ ކަމަށް އޮސްޓްރިއަން ޕްރެސް އޭޖެންސީން ވަނީ ރިޕޯޓްކޮށްފަ އެވެ.

ފުލުހުންގެ ތަހުގީގުން ދައްކާ ގޮތުގައި މި ހަމަލާ ދިނީ އެންމެ މީހެކެވެ. ނަމަވެސް މި ހަމަލާގެ ސަބަބު އަދި ވަނީ އެނގިފައެއް ނުވެއެވެ.

9.2 މިލިއަން މީހުން ދިރިއުޅޭ އޮސްޓްރިއާގައި މިފަދަ ބޮޑެތި ހަމަލާތައް ދިނުމަކީ ވަރަށް މަދުން ހިނގާ ކަމެކެވެ.

 

އޮސްޓްރޭލިއާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ