އިނގިރޭސިވިލާތް، ކެނެޑާ، އޮސްޓްރޭލިޔާ އަދި ޕޯޗުގަލްއިން ފަލަސްތީނުގެ ދައުލަތް ބަލައިގެންފި

Advertisement

އެންމެ ފަސް

Advertisement

އިނގިރޭސިވިލާތް، ކެނެޑާ، އޮސްޓްރޭލިޔާ އަދި ޕޯޗުގަލްއިން ފަލަސްތީނުގެ ދައުލަތް ބަލައިގެންފި އެވެ.

އިނގިރޭސިވިލާތް، ކެނެޑާ، އޮސްޓްރޭލިޔާ އަދި ޕޯޗުގަލްއިން ރަސްމީކޮށް ފަލަސްތީނުގެ ދައުލަތް ބަލައިގަނެފައިވާއިރު، ހުޅަނގުގެ އިތުރު ގައުމުތަކުންވެސް ވަނީ ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ނިންމާފަ އެވެ.

ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ބޮޑެތި ގައުމުތަކުން ނިންމާ އެކަން އިއުލާނުކުރަމުންދާއިރު، އިޒްރޭލުން ފަަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތައްވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ. އަދި ޣައްޒާއާއި ހުޅަނގު އައްސޭރީގެ ބައިތައް އިސްތިއުމާރުކުރުމުގެ ކަންކަންވެސް އަންނަނީ ކުރަމުންނެވެ.

އިނގިރޭސިވިލާތް، ކެނެޑާ، އޮސްޓްރޭލިޔާ އަދި ޕޯޗުގަލް އަދި އެހެންވެސް ހުޅަނގުގެ ގައުމުތަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ނިންމިނިންމުމަށް އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ރައްދު ދީފަ އެވެ.

މިއާއެކު މިފަހަރު އ.ދގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި އެންމެ ބޮޑަށް މަޝްވަރާކުރެވޭނެ ކަމަކީ ފަލަސްތީނުގެ މައްސަލައަށް ހައްލުހޯދިމަށް ”ޓޫ ސްޓޭޓް ސޮލިއުޝަން“ ގެ މަޝްވަރާތައް ކަމަށް ބެލެވެ އެވެ.

2023 އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ޣައްޒާއަށް ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް 65,283 މީހުން ވަނީ ޝަހީދުކޮށްލާފަ އެވެ. އަދި މި ހަމަލާތަކުގައި 166,575 މީހުންނަށް އެކިވަރުގެ އަނިޔާވެފައިވެ އެވެ.

ކެނެޑާ އިނގިރޭސި ވިލާތް އިޒްރޭލް އޮސްޓްރޭލިއާ ގައްޒާ ހަނގުރާމަ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ