އިޒްރޭލުން ގައްޒާގައި ތިބި ލުބްނާން ސިފައިންނަށް ހަމަލާދީފި

Advertisement

އެންމެ ފަސް

Advertisement

އިޒްރޭލުން ގައްޒާގައި ތިބި ލުބްނާން ސިފައިންގެ ބަޔަކަށް ދިން ހަމަލާއެއްގައި ތިން ސިފައިންގެ މީހުން މަރުވެއްޖެ އެވެ.

ލުބްނާން އަސްކަރިއްޔާއާއި ހަވާލާދީ އަލް ޖަޒީރާއިން ބުނީ ގައްޒާގެ ދެކުނުގައި އިޒްރޭލުން ލުބްނާން އަސްކަރީ ވެހިކަލަށް ވައިގެ މަގުން ދިން ހަމަލާއެއްގައި ލުބްނާން ސިފައިންގެ ތެރެއިން ތިން މީހަކު މަރުވެފައިވާ ކަމަށެވެ.

އޭގެ އަނެއްކޮޅުން އިޒްރޭލުން ހިޒްބުﷲ ނައްތާލުމުގެ ނަމުގައި ލުބްނާންގެ ވެރިރަށް ބެއިރޫޓަށް ދެމުންދާ ހަމަލާތައް އަދިވެސް ދަނީ ކުރިއަށެވެ. އަލް ޖަޒީރާއިން ބުނީ ބެއިރޫޓްގެ ދެކުނުގައި ހިޒްބުﷲ ހަނގުރާމަވެރިން ދިރިއުޅޭ ކަމަށެވެ. ނަމަވެސް މިހާތަނަށް ހިޒްބުﷲ އިން ހަމަލާދީފައިވަނީ ލުބްނާންގެ އާންމުން ދިރިއުޅޭ އިމާރާތްތަކަށް ކަމުގައި ލުބްނާން އިން ބުނެފައި ވެއެވެ.

އިޒްރޭލުން ނިމިދިޔަ މަހުގެ ފަހުކޮޅު ލުބްނާންގައި ފެށި މި އަސްކަރީ އޮޕަރޭޝަންގައި 2000 އަށްވުރެ ގިނަ ލުބްނާން މީހުން މަރުވެފައި ވެއެވެ. އިޒްރޭލުން ހިޒްބުﷲ ނައްތާލާ، އިޒްރޭލުގެ ބޯޑަރު ސަރަހައްދު ދޫކޮށްދިޔަ އިޒްރޭލު ރައްޔިތުން އަލުން ގެތަކުގައި ދިރިއުޅެވޭ ވަރު ކުރަން ބޭނުންވާތީ ލުބްނާނަށް ހަމަލާ ދޭން ފެށި ކަމަށް ބުނެފައި ވެއެވެ. ހިޒްބުﷲ އިން އިޒްރޭލުގެ ބޯޑަރު ސަރަހައްދުގައި ހަމަލާ ބަދަލުކުރުން ވަރުގަދަ ކުރަން ފެށީ މިދިޔަ އަހަރުގެ އޮކްޓޫބަރުން ފެށިގެން ގައްޒާގައި އިޒްރޭލުން ކުރަމުންދާ ހަނގުރާމަ ހުއްޓުވާލުމުގެ ބޭނުމުގަ އެވެ.

އިޒްރޭލް ލުބްނާން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ