އިޒްރޭލުން ލުބްނާނަށް އެއްގަމު މަގުން އަރައި، ހަމަލާތައް ދޭން ފަށައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

އިޒްރޭލުން ލުބްނާންގެ ދެކުނުގައި އެއްގަމު މަގުން އަސްކަރީ އޮޕަރޭޝަނެއް ރޭ ފަށައިފި އެވެ.

އިޒްރޭލުގެ އަސްކަރިއްޔާއާ ހަވާލާދީ ރޮއިޓާސް އިން ރިޕޯޓްކުރާ ގޮތުގައި މި އޮޕަރޭޝަންގައި ހަމަލާތައް ދޭނީ ހަމައެކަނި ހިޒްބުﷲގެ އަމާޒުތަކަށް ކަމަށެވެ.

މި އޮޕަރޭޝަން ފެށުމުގެ ކުރިން، އިޒްރޭލުން ވަނީ އެގައުމުގެ އަސްކަރިއްޔާގެ 98 ވަނަ ޑިވިޝަން، މީގެ 2 ހަފްތާ ކުރިން ލުބްނާނަށް ފޮނުވާފަ އެވެ. އަދި މިހާރު ލުބްނާނުގެ ބޯޑަރު ސަރަހައްދުގައި ޑިއުޓީ އަދާކުރާ ސިފައިން ވަނީ ޑިއުޓީ ޕޯސްޓު ދޫކޮށްލާފަ އެވެ.

އިޒްރޭލުން ވަނީ އާންމުންގެ މީހުން، ހިޒްބުﷲ މީހުންނާއި ދުރު ސަރަހައްދުތަކަށް ދިއުމަށް ގޮވާލާފަ އެވެ. އަދި ހިޒްބުﷲ މީހުން އާންމުން ދިރިއުޅޭ ތަންތަނުގައި އުޅޭނަމަ ހަމަލާ ދޭން ފަސްނުޖެހޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

މި އޮޕަރޭޝަން ފެށިފައިވަނީ މީގެ ދެ ހަފްތާ ކުރިން އިޒްރޭލުން ލުބްނާނާއި ވައިގެ މަގުން ހަނގުރާމަ ފެށުމަށްފަހުގަ އެވެ. މިހާރު އެމެރިކާއިން ވަނީ އެއްގަމު މަގުން ލުބްނާނުގައި އަސްކަރީ އޮޕަރޭޝަން ފުޅާކުރުމަށް ތާއީދުކޮށްފަ އެވެ. އަދި ހިޒްބުﷲ އިން އިޒްރޭލަށް ގެއްލުންދޭނަމަ، ފަނާކުރަނިވި ހަތިޔާރުތައް ބޭނުންކުރަންވެސް ތައްޔާރަށް ތިބި ކަމަށް އެމެރިކާއިން ބުނެފައިވެ އެވެ.

އިޒްރޭލުން ބުނާ ގޮތުގައި މި ހަނގުރާމައިގެ މަގްސަދަކީ ހިޒްބުﷲގެ އިންފްރާސްޓްރަކްޗަރ ނައްތާލައި، އިޒްރޭލުގެ ބޯޑަރު ސަރަހައްދުން ފިލާފައިވާ އާންމުން އަނބުރާ ގެތަކަށް ފޮނުވުމެވެ.

މި ހަނގުރާމައިގެ ސަބަބުން މުޅި މެދުއިރުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވެ، ބައިނަލްއަގްވާމީ މުޖުތަމައުގެ ކަންބޮޑުވުން އިތުރުވަމުންދާ ދަނޑިވަޅެއްގައި މި އޮޕަރޭޝަން ފެށިފައިވާތީ، ކުރިއަށް އޮތް ދުވަސްތަކުގައި މި ސަރަހައްދުގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށް ސިޔާސީ ތަހުލީލުވެރިން ލަފާކުރެ އެވެ.

އިޒްރޭލް ލުބްނާން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ