ބަންގްލަދޭޝްގެ ހާލަތު ގޯސްވެ ބޮޑު ވަޒީރު ޝޭހު ހަސީނާ އިސްތިއުފާ ދެއްވުމަށްފަހު ގައުމު ދޫކުރައްވާ ވަޑައިގެންނެވުމުން ބަންގްލަދޭޝްގެ ގާނޫނު ހަދާ މަޖިލިސް އުވާލައިފި އެވެ.
ބަންގްލަދޭޝްގެ ޕާލިމެންޓް އުވާލާފައިވަނީ އެގައުމުގެ ރައީސް މުޙައްމަދު ޝަހާބުއްދީން އެވެ.
ބަންގްލަދޭޝްގައި މިހާރު އޮތް ޕާލިމެންޓް އުފެދިފައިވަނީ މިއަހަރުގެ ޖެނުއަރީ މަހު ކުރިއަށް ގެންދިޔަ އިންތިހާބަށް ފަހު އެވެ. މި ޕާލިމެންޓް އުވާލާފައިވަނީ އެގައުމުގެ ސިފައިންގެ ވެރިންނާއި ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރުމަށްފަހު އެވެ.
ޝޭހް ހަސީނާ އިސްތިއުފާ ދެއްވުމުން ެ ގައުމުގައި އިންތިގާލީ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަކަން އެގައުމުގެ ސިފައިންގެ ވެރިޔާ ވަނީ އިއުލާން ކުރައްވާފަ އެވެ.
ޝޭހް ހަސީނާ މިވަގުތު ހުންނެވީ އަވައްޓެރި އިންޑިއާގަ އެވެ. އިންޑިއާގެ ބޮޑު ވަޒީރު ނަރެންދަ މޯދީ ވަނީ އެގައުމުގެ ފޮރިން މިނިސްޓަރު ޖައިޝަންކަރާއި އެ ގައުމުގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރާއެކު ކުއްލި ބައްދަލުވުމެއްވެސް ބާއްވާފަ އެވެ. އަދި އިންޑިއާ ބަންގްލަދޭޝްގެ ބޯޑަރުގެ ސެކިއުރިޓީވެސް ވަނީ ވަރުގަދަކޮށްފަ އެވެ.
ހަސީނާގެ ބޮޑު ވަޒީރުކަމުގައި ބަންގްލަދޭޝްއިން ވަނީ އިންޑިއާއާއި އެކު ގާތް ގުޅުމެއް ބާއްވާފަ އެވެ.
ބަންގްލަދޭޝް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ޝޭހް ހަސީނާ
