ޗައިނާގައި ރައީސް މުއިއްޒުއާ މޯދީ ބައްދަލުކުރައްވައިފި

Advertisement

އެންމެ ފަސް

Advertisement

ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދަ މޯދީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ބައްދަލު ކުރައްވައިފި އެވެ.

މި ދެ ބޭފުޅުން ބައްދަލު ކުރައްވާފައިވަނީ ޓިއަންޖިންގައި ބާއްވާ ޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގެ ހަވާސާއިންނެވެ.

ބޮޑު ވަޒީރު މޯދީ ވިދާޅުވީ މި ސަމިޓުގެ ހަވާސާގައި ރައީސް މުއިއްޒާ ބައްދަލު ކުރައްވާ މުއާމަލާތް ކުރެވިފައިވާ ކަމަށެވެ. އަދި އިންޑިއާއިން ރާއްޖެއަށް ތަރައްގީގައި އެއްބާރުލުން ދިނުމަކީ އިންޑިއާ ރައްޔިތުންނަށް ވަރަށް ބޮޑު ފައިދާއެއް ލިބޭނެކަމެއް ކަމަށް މޯދީ ވަނީ ވިދާޅުވެފަ އެވެ.

އެސްސީއޯ ސަމިޓުގައި ބައިވެރިވުމަށް އެތަށް ގައުމެއްގެ ރައީސުންނާއި ބޮޑު ވަޒީރުން ވަނީ ޗައިނާއަށް ވަޑައިގަންނަވާފަ އެވެ. އޭގެ ތެރޭގައި ރަޝިޔާގެ ރައީސް ޕޫޓިން އާއި މެލޭޝިއާގެ ބޮޑު ވަޒީރު އަންވަރު އިބްރާހިމް އާއި އިރާންގެ ރައީސް މަސްއޫދުވެސް ހިމެނި ވަޑައިގަންނަވަ އެވެ. މީގެ އިތުރުން ނޯތް ކޮރެއާގެ ލީޑަރު ކިމް ޖޮން އުންވެސް މި ދުވަސްކޮޅާ ދިމާކޮށް ޗައިނާއަށް ވަޑައިގަންނަވާނެކަމަށް ރިޕޯޓުތައް ބުނެ އެވެ. ނަމަވެސް ނޯތް ކޮރެއާގެ ލީޑަރު ޗައިނާއަށް ވަޑައިގަންނަވަނީ ޗައިނާގެ ވިކްޓޮރީ ޑޭގެ ޕެރޭޑަށްކަމަށް މައުލޫމާތު ލިބެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - ޗައިނާ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ޗައިނާގެ ރައީސް ޝީ ޖިންޕިންގ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ