ޗައިނާގެ ވިކްޓްރީ ޑޭ ފާހަގަކުރުމަށް ބޭއްވި އަސްކަރީ ޕެރޭޑުގައި ޗައިނާގެ އަސްކަރީ ގާބިލުކަން ދައްކާލާ ހުޅަނގު ސިއްސުވާލައިފި އެވެ.
ޗައިނާގެ ވިކްޓްރީ ޑޭ ފާހަގަކުރަނީ ދެވަނަ ބޮޑު ހަނގުރާމަނިމި ޖަޕާނުގެ އަތްދަށުން ޗައިނާގެ ބައެއް ސަރަހައްދުތައް މިނިވަންވުން ފާހަގަކުރުމުގެ ގޮތުންނެވެ. އެގޮތުން މިއަހަރު ފާހަގަކޮށްފައިވަނީ ޗައިނާގެ 80 ވަނަ ވިކްޓްރީ ޑޭ އެވެ.
މި ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ބޭއްވި އަސްކަރީ ޕެރޭޑުގައި ޗައިނާގެ ޒަމާނީ އަސްކަރީ އުފެއްދުންތައްވަނީ ދައްކާލާފަ އެވެ. މި ޕެރޭޑް ބަލާލުމަށް ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ލީޑަރުންނަށް ދައުވަތުދީގެން ޗައިނާއަށް ގެންގޮސްފައިވެ އެވެ. އޭގެތެރޭގައި ރަޝިޔާގެ ރައީސް ވްލެޑްމިއަރ ޕޫޓިން އަދި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގ އުން ހިމެނެ އެވެ.
އަސްކަރީ ޕެރޭޑް ފެއްޓިފައިވަނީ ސިފައިން ހަތިޔާރާއި އެކު ހިނގުމަށް ތައްޔާރުވުމުން، ޗައިނާގެ ރައީސް ޝީ ޖިންޕިންގ ކާރެއްގެ ތެރޭގައި ކޮޅަށް ހުންނަވާ ސިފައިންގެ ސަފުތައް އިންސްޕެކްޓު ކުރެއްވުމަށްފަހު އެވެ.

މި ޕެރޭޑުގައި ސިފަންގެ ހިނގާލުމުގެ އިތުރަށް ޗައިނާގެ އަސްކަރީ އުފެއްދުންތަކާއި، ޒަމާނީ އާލަތްތަކާއި، މިސައިލް، ރޮކެޓް އަދި އެހެންވެސް ބަރުހަތިޔާރު ދައްކާލާފައިވެ އެވެ.
ޗައިނާގެ އަސްކަރީ ބާރު ދައްކާލުމަށް ބޭއްވި ޕެރޭޑަށްފަހު ރަޝިޔާގެ ރައީސް ވްލެޑްމިއަރ ޕޫޓިން އަދި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގ އުން ވަނީ ބައްދަލުކުރައްވާފަ އެވެ.

މި އަސްކަރީ ޕެރޭޑާއި ގުޅިގެން އެމެރިކާގެ ރައީސް ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޗައިނާގެ މިނިވަންކަމަށް އެމެރިކާގެ ސިފައިން ކުރި މަސައްކަތް ފާހަގަކޮށްފަ އެވެ. އަދި ޗައިނާގެ ރައީސްއާ ޝީ ޖިންޕިންގއާ މުހާތަބު ކުރައްވާ ވަނީ، ”އެމެރިކާއާ ދެކޮޅަށް ރޭވުންތައް ރާވާއިރު“ ރަޝިޔާގެ ރަޝީޔާގެ ރައީސް ވްލެޑްމިއަރ ޕޫޓިން އަދި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގ އުންއަށް ”ވެދުން ދެންނެވުމަށް“ ވެސް އެދިފަ އެވެ.
ޗައިނާގެ މި އަސްކަރީ ޕެރޭޑަށް މުޅީ ދުނިޔޭގެ ސަމާލުކަން ހުއްޓުނުއިރު، މި އަސްކަރީ ޕެރޭޑަކީ ހުޅަނގު ސައްސުވާލާ ބިރުދައްކާލުމަށް ކުރިކަމެއްގެ ގޮތުގައި ބޭރުގެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.
ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އުތުރު ކޮރެއާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާ ޗައިނާގެ ރައީސް ޝީ ޖިންޕިންގ