އޭ.އެސް.އޭ.ޕީ ރޮކީގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކޯޓުން ނިންމައިފި

Advertisement

އެންމެ ފަސް

Advertisement

ހިޕް-ހޮޕް ދާއިރާގެ މަޝްހޫރު ފަންނާނު އޭ.އެސް.އޭ.ޕީ ރޮކީގެ މައްޗަށް އުފުލިފައިވާ ހަތިޔާރު ބޭނުންކޮށްގެން ހަމަލާދިނުމުގެ ކުށުގެ ދައުވާގައި އޭނާގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކޯޓުން ނިންމައިފި އެވެ. މިގޮތަށް ނިންމީ މައްސަލަ ބެލި ކޯޓުގެ ޖޫރީންގެ ޕެނަލް އިންނެވެ.

މި މައްސަލައިގައި އޭނާގެ މައްޗަށް ސެމީ އޮޓޮމެޓިކް ފަޔަރ އާރމްއަކުން ހަމަލާދިނުމުގެ ދެ ބޮޑު ކުށުގެ ދަޢުވާ އުފުލިފައިވެ އެވެ.

މި މައްސަލައިގެ މައިގަނޑު ބިނާވެފައިވަނީ 2021 ވަނަ އަހަރުގެ ނޮވެމްބަރު 6 ވަނަ ދުވަހު ރޮކީ އާއި އޭނާގެ ހައިސްކޫލް ރައްޓެއްސެއް ކަމަށްވާ އޭ.އެސް.އޭ.ޕީ ރެލީ އާ ދެމެދު ހިނގި ހަތިޔާރު ބޭނުންކުރުމުގެ ހާދިސާއަކާ ގުޅިގެންނެވެ. ރެލީގެ ހެކިބަހުގައި ބުނެފައިވާ ގޮތުގައި، ހޮލިވުޑްގެ ހޮޓަލެއްގެ ބޭރުގައި މި ދެމީހުން ބައްދަލުވެ ތަޅާފޮޅުމަކަށް ގޮސް، ރޮކީ އޭނާއަށް ވަޒަން ޖެހުމަށްފަހު އޭނާގެ އިނގިލިތަކަށް ވަޒަން އަރާފައިވާ ކަމަށެވެ.

ނަމަވެސް، ރޮކީގެ ވަކީލުން ވަނީ، ބޭނުންކުރެވުނު ހަތިޔާރަކީ ހަމައެކަނި ބްލޭންކްސް ޖަހާ ޕްރޮޕް ގަންއެއް ކަމަށް ވާހަކަދައްކާފައެވެ. އަދި އޭނާ އެ ހަތިޔާރު ހޯދީ މިއުޒިކް ވީޑިއޯ ސެޓަކުން ކަމަށާއި އަދި އޭނާ އެ ހަތިޔާރު ގެންގުޅުނީ ސަލާމަތީ ބޭނުމަށް ކަމަށެވެ.

އަންގާރަ ދުވަހު ޙުކުމް އިއްވިއިރު މަޝްހޫރު ލަވަކިޔުން ތެރިޔާ އަދި ރޮކީގެ ބައިވެރިޔާ ރިހާނާ ވަނީ ކޯޓު ރޫމުގައި ހާޒިރުވެފައެވެ. ޙުކުމް އިއްވުމާ ގުޅިގެން، ރޮކީ ވަނީ ޖޫރީއަށް ޝުކުރު އަދާކޮށް، ފުރާނަ ސަލާމަތްކޮށްދިނީތީ ޖޫރީއަށް ޝުކުރުއަދާކޮށްފަ އެވެ.

މި މައްސަލައިގައި ކުށެއް ސާބިތުވި ނަމަ، ރޮކީއަށް ދިގު މުއްދަތެއްގެ ޖަލު ޙުކުމެއް ކުރިމަތިވީސް ކަމަށް ޤާނޫނީ މާހިރުން ފާހަގަކުރެ އެވެ.

އެމެރިކާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ