މީޑިއާ ބިލަށް އެމެރިކާއިން ފާޑު ކިޔައިފި

Advertisement

އެންމެ ފަސް

Advertisement

ނޫސްވެރިންނަށް ލިބިދޭންޖެހޭ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށް އެމެރިކާ ސަރުކާރުން ރާއްޖެއަށް ގޮވާލައިފި އެވެ.

ރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އަސާސީ ޙައްޤެއްގެ ގޮތުގައި އެ ޤައުމުން ދެކޭ ކަމަށެވެ. އަދި މި މިނިވަންކަން ހުރިހާ ޤައުމުތަކުންވެސް ކަށަވަރުކޮށްދޭންޖެހޭނެ ކަމަށް އެމެރިކާއިން ދެކޭކަމަށް ބުނެފައިވެ އެވެ.

އެމެރިކާއިން އިތުރަށް ބުނެފައިވަނީ ސަރުކާރާ ދެކޮޅު ފަރާތްތަކާއި، ތަފާތު ޚިޔާލު ގެންގުޅޭ ފަރާތްތަކަށްވެސް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބިދޭންޖެހޭނެ ކަމަށެވެ.

ރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީން މިހެން ބުނެފައިވަނީ މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް މަޖިލީހުން ފާސް ކުރުމުންނެވެ.

މި ބިލް މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްޙަންނާން އަބޫބަކުރު އެވެ.

މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް މަޖިލީހުން ފާސްކޮށްފައިވަނީ 60 މެންބަރުންގެ ވޯޓުންނެވެ. މި ބިލް ފާސްކުރުމާ ދެކޮޅަށް އެއް މެންބަރެއް ވޯޓުދެއްވި އެވެ.

މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް އޮތްގޮތުން ބައެއް މީޑިއާތަކާއި، ނޫސްވެރިން، ނޫސްވެރިންގެ ޖަމިއްޔާ އެމްޖޭއޭ، ބައިނަލްއަޤްވާމީ ޖަމިއްޔާތައް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން، މޯލްޑިވްސް މީޑިއާ ކައުންސިލް އަދި ބާ ކައުންސިލުން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.

ރާއްޖެ - އެމެރިކާ އެމެރިކާ މީޑިއާ ބިލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ