ސިޔާމްއާއި ޒާރާ ކައިވެނި ބައްލަވައިގެންފި

Advertisement

އެންމެ ފަސް

Advertisement

މީދޫ ދާއިރާގެ މެމްބަރު، އަހުމަދު ސިޔާމް ބ. ކަމަދޫގައި ބޭއްވި ބޮޑު އީދުގެ ޝޯތަކުން މަގްބޫލުކަން ހޯދި ނެށުންތެރިޔާ އާމިނަތު ޒާރާއާ ކައިވެނި ބައްލަވައިގެންފި އެވެ.

މިއަދު ހަވީރު ސިޔާމްގެ އޮޅުވެލި ރިސޯޓުގައި ސިޔާމްގެ ދެކަނބަލުން ކައިވެނި ބައްލަވައިގެންފައިވެ އެވެ. މި ކައިވެނި ހަފްލާއަށް ސިޔާމް ރިޒޯޓްގައި ގެންގުޅޭ ތިން އަސްވެސް ގެންގޮސްފައިވެ އެވެ.

އޮޅުވެލި ރިސޯޓުގައި ބޭއްވި ކައިވެނި ހަފްލާއަށްފަހު، ކަމަދޫގެ ރައްޔިތުންނަށް ހާއްސަކޮށް އެ ރަށުގައިވެސް ހަފްލާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ސިޔާމްގެ ދެކަނބަލުންނާއި އަރިސް މީހެއް ބުނެފައިވެ އެވެ.

ޒާރާ ޝިޔާމްއާ ކައިވެނި ކުރުމަށް ރަން ކިޔާފައިވަނީ ދެ ގެސްޓްހައުސްއަށެވެ. މި ދެ ގެސްޓްހައުސްއަކީ ޒާރާއަށް ގެސްޓްހައުސްއަކާއި އޭނާގެ ދައްތައަށް ގެސްޓްހައުސްއެއްކަމަށްވެ އެވެ.

ރަން ކިޔުމުގެ ހަފްލާގައި ޒާރާ ވަނީ ސިޔާމް އަށް ލަވައެއްވެސް ކިޔާދީފަ އެވެ.

ސަން ޝިޔާމް މިހާރު އުޅުއްވަނީ މޮރޮކޯއަށް ނިސްބަތްވާ އަންހެން ކަނބަލަކާއި ކައިވެނި ބައްލަވައިގެންނެވެ އެވެ.

މެމްބަރު އަހުމަދު ސިޔާމް މުހައްމަދު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ