އެމްޑީއޭގެ ދެ މެންބަރުން ވެލިދޫ ދާއިރާގެ ގޭބިސީތަކަށް ރޯދަ ހަދިޔާ ދެނީ

Advertisement

އެންމެ ފަސް

Advertisement

ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ދެ މެންބަރުން، ވެލިދޫ ދާއިރާގެ ކޮންމެ ގޭބިސީއަކަށް ރޯދަ ހަދިޔާއެއް ދިނުމަށް ނިންމައިފިއެވެ.

އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދާއި ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސްގެ ފަރާތުން މި ހަދިޔާ ދެއްވުމަށް ވަނީ ނިންމަވާފައެވެ.

ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ކުރިއަށް އޮތް ރަމަޟާން މަހަށް ވެލިދޫ ދާއިރާގެ ތިން ރަށުގައި މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް ބިސް ކޭހެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. މިއީ އޭނާއާއި ސަން ސިޔާމް ކެއަރގެ ފަރާތުން ދެއްވާ ރޯދަ ހަދިޔާއެއް ކަމަށްވެސް އައްބާސް ވިދާޅުވިއެވެ.

ސަން ސިޔާމް ކެއަރގެ ފަރާތުން ރައްޔިތުންނަށް ގިނަ އެހީތަކެއް މީގެ ކުރިންވެސް ވަނީ ފޯރުކޮށްދެއްވާފައެވެ. އެގޮތުން ދާދި ފަހުން ބ. ކަމަދޫގެ ރައްޔިތުންނަށް ބޭސްފަރުވާ ހޯދުމަށް އެހީތެރިކަން ދޭން ފަށާފައިވެއެވެ.

އަޙްމަދު ސިޔާމް މުޙައްމަދުވެސް ކޮންމެ ރަމަޟާން މަހަކު އެމަނިކުފާނު ތަމްސީލު ކުރައްވާ ދ. މީދޫ ދާއިރާގެ ރައްޔިތުންނަށް ހަދިޔާ ދެއްވަ އެވެ.

ރަމަޟާން 1446 ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް މެމްބަރު އަހުމަދު ސިޔާމް މުހައްމަދު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ