އިންޑިއާގެ ބޮޑުވަޒީރު ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ ބައްދަލުކުރައްވައިފި

Advertisement

އެންމެ ފަސް

Advertisement

ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން ހުންނެވި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ދިވެހިރާއްޖޭގެ އެކި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއެކު މުހިންމު ބައްދަލުވުމެއް ބާއްވައިފި އެވެ.

ޖުލައި 25 ވަނަ ދުވަހު ރާއްޖެ ވަޑައިގެންނެވި އިންޑިއާގެ ބޮޑުވަޒީރު، މި ބައްދަލުވުމާ ގުޅޭގޮތުން އެކްސްގައި ދިވެހި ބަހުން ޕޯސްޓެއް ކުރައްވާފައިވެ އެވެ. އެ ޕޯސްޓުގައި އެމަނިކުފާނު ފާހަގަކުރައްވާފައިވަނީ މި ބައްދަލުވުމަކީ އަގުހުރި ބައްދަލުވުމެއް ކަމަށެވެ.

”ސިޔާސީ ދާއިރާގެ އެކި ލީޑަރުންގެ ބައިވެރިވުމަކީ އިންޑިއާ އާއި ދިވެހިރާއްޖޭގެ ވަރުގަދަ އަދި ތާރީޙީ އެކުވެރިކަމުގެ ގުޅުމަށް ދެފަރާތުން ތާއީދު އޮތްކަން ހާމަކޮށްދޭ ކަމެއް،“ މޯދީ ވިދާޅުވި އެވެ.

ބޮޑު ވަޒީރު މޯދީ ބައްދަލު ކުރެއްވި ބޭފުޅުންގެ ތެރޭގައި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް އާއި އެމްއެންޕީގެ އަހުމަދު ޝަރީފް އާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ޖޭޕީގެ އަމީން އިބްރާހިމް އާއި އެމްޑީއޭގެ ލީޑަރު މުހައްމަދު ސިޔާމް އާއި އެމްޑީއޭގެ މުހައްމަދު އައްބާސް ހިމެނި ވަޑައިގަންނަވަ އެވެ. މީގެ އިތުރުން މޯދީ ވަނީ ވަކިން އެމްޑީޕީގެ އިސްވެރިންނާވެސް ބައްދަލު ކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި މާރިޔާ ދީދީ ބައިވެރިވެ ވަޑައިގެންނެވި އެވެ.

ބޮޑު ވަޒީރު މޯދީ އެމްޑީޕީގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން

ބޮޑު ވަޒީރު މޯދީ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާވެސް ބައްދަލު ކުރައްވާފަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާވެސް އެ މަނިކުފާނު ބައްދަލު ކުރެއްވި އެވެ.

އިންޑިއާގެ ބޮޑުވަޒީރުގެ މި ޕޯސްޓުގައި އިތުރަށް ފާހަގަކުރައްވާފައިވަނީ ދެ ޤައުމުން ޙިއްސާކުރާ އަސާސްތަކުން މި މުހިންމު ގުޅުމަށް އެހީތެރިވެދޭ ކަމަށެވެ.

އަބްދުﷲ ޝާހިދު އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އެމްއެންޕީ އެމްޑީއޭ އެމްޑީޕީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ފައްޔާޒް އިސްމާއިލް ގާސިމް އިބްރާހިމް ޖޭޕީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ