މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ސޮން ބްލެކްމޭލް ކުރި އަންހެނެއް 4 އަހަރަށް ޖަލަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

ދެކުނު ކޮރެއާގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ސޮން ހިއުން މިން ބްލެކްމެއިލް ކުރި މައްސަލައެއްގައި އަންހެނަކު ހަތަރު އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފި އެވެ.

ދެކުނު ކޮރެއާގެ ކޯޓަކުން އަންހެން މީހާގެ މައްޗަށް ބްލެކްމެއިލް ކުރިކަމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ހަތަރު އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވަނީ، ޓޮޓެންހަމްގެ ކުރީގެ ކެޕްޓަން ސޮންގެ ދަރިއަކަށް ބަލިވެއިން ކަމަށް ބުނެ ބްލެކްމެއިލް ކުރުމުގެ ސަބަބުންނެވެ.

ބޭރު މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި މިދިޔަ އަހަރުގެ ތެރޭގައި އެ އަންހެން މީހާ ވަނީ ސޮންއާ ބައްދަލުކޮށް، އޭނާގެ ދަރިއަކަށް ބަލިވެއިން ކަމަށް ބުނެފަ އެވެ. އަދި އަންހެން މީހާ ވަނީ ސޮންގެ އަތުން 300 މިލިއަން ވޮން (200,000 އެމެރިކާ ޑޮލަރު) ބްލެކްމެއިލްކޮށް ނަގާފަ އެވެ. އަދި ސޮން އެކަމާ އެއްބަސްނުވެއްޖެނަމަ، މިކަން އާންމުކޮށްލާނެ ކަމަށް ބުނެ ބިރުދައްކާފައިވާ ކަމަށްވެސް ކޯޓުގެ ނިންމުމާ ހަވާލާދީ ބޭރު މީޑިއާތަކުން ބުނެފައިވެ އެވެ.

ބޭރު މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ އަންހެން މީހާ އެ ފައިސާ ހޭދަކުރީ އަގުބޮޑެތި ސާމާނު ގަތުމަށެވެ.

މި މައްސަލައިގައި އަންހެން މީހާއަށް އެހީތެރިވެދިން އިތުރު ފިރިހެނަކަށް ވަނީ 2 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އޭނާއަށް ޖަލު ހުކުމެއް އިއްވީ ބްލެކްމެއިލްގެ ފައިސާ ހޯދުމަށްޓަކައި 15 ފަހަރު ސޮން އަށް ބިރު ދެއްކި މައްސަލައިގަ އެވެ.

ބްލެކްމެއިލް ކުރާ މައްސަލަ، އުމުރުން 33 އަހަރުގެ ސޮންގެ ފަރާތުން ދެކުނު ކޮރެއާގެ ފުލުހަށް ހުށަހަޅާފައިވަނީ މިއަހަރުގެ ތެރޭގައި އެމީހުން އިތުރު ފައިސާއަށް ޑިމާންޑު ކުރުމުންނެވެ.

ޓޮޓެންހަމް ދޫކޮށް، ރެކޯޑު ފީ އަކަށް ސޮން، އެމެރިކާގެ ލޮސް އެންޖެލިސް އެފްސީ އަށް ސޮއިކޮށްފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގަ އެވެ. ދެކުނު ކޮރެއާގެ ފޯވާޑް ޓޮޓެންހަމް ދޫކޮށްލާފައިވަނީ 10 އަހަރު އެ ކްލަބުގައި ހޭދަ ކުރުމަށްފަހު އެވެ.

ދެކުނު ކޮރެއާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ