ސިޔާމް އާއި ޒާރާގެ ކައިވެނި މާދަމާ

Advertisement

Advertisement

އެންމެ ފަސް

Advertisement

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި، ކަމަދޫ ބޮޑު އީދުގެ ސަގާފީ ހަރަކާތްތަކުގެ ތެރެއިން މަޝްރޫކަން ހޯދި ޒުވާން ނެށުންތެރިޔާ އައިމިނަތު ޒާރާގެ ކައިވެނި މާދަމާ އޮންނާނެ އެވެ.

ކައިވެނީގެ މައުލޫމާތުތައް އެނގޭ ފަރާތަކުން ބުނި ގޮތުގައި މި ކައިވެނި ބޭއްވުމަށް ހަމަޖެހިފައިވަނީ ސިޔާމްގެ އޮޅުވެލި ރިސޯޓުގަ އެވެ. އަދި މި ހަފްލާއަށް ދައުވަތުދީފައިވަނީ ދެ ފަރާތުގެ އާއިލާއަށާއި، ގާތް އެކުވެރިންނަށްކަމަށްވެ އެވެ. އެގޮތުން މިހާރު ކައިވެންޏަށް ޒާރާގެ އާއިލާގެ މެމްބަރުންވެސް ވަނީ މާލެ އައިސްފަ އެވެ.

އޮޅުވެލި ރިސޯޓު މިހާރު ދަނީ ކައިވެންޏަށް ތައްޔާރުވަމުން ނެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން ކައިވެނި ކުރާ ތަނަށް ބަދަލު އަތުވެދާނެ ކަމަށްވެ އެވެ.

އޮޅުވެލި ރިސޯޓުގައި ބާއްވާ ކައިވެނި ހަފްލާއަށްފަހު، ކަމަދޫގެ ރައްޔިތުންނަށް ހާއްސަކޮށް އެ ރަށުގައިވެސް ހަފްލާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަކަމަށް އެ ފަރާތުން މައުލޫމާތު ދިނެވެ.

ސިޔާމް އާ ޒާރާގެ ކައިވެނީގެ ޚަބަރު އެންމެ ފުރަތަމަ ފެތުރުނީ މިދިޔަ އޮގަސްޓު މަހުގަ އެވެ. އެހިނދުން ފެށިގެން މި ކައިވެންޏާ ގުޅޭ ގޮތުން ގިނަ ވާހަކަތަކެއް ދެކެވެމުން އައެވެ.

މައުލޫމާތު ލިބޭ ގޮތުގައި 10 އޮކްޓޯބަރގައި ކައިވެނި ކުރަން ނިންމާފައިވަނީ، ޝިޔާމް އަކީ 10 އަކަށް ވަރަށް ލޯބި ކުރާ ބޭފުޅަކަށްވުމުން ނެވެ.

ޒާރާ ޝިޔާމްއާ ކައިވެނި ކުރުމަށް ރަން ކިޔާފައިވަނީ ދެ ގެސްޓްހައުސްއަށެވެ. މި ދެ ގެސްޓްހައުސްއަކީ ޒާރާއަށް ގެސްޓްހައުސްއަކާއި އޭނާގެ ދައްތައަށް ގެސްޓްހައުސްއެއްކަމަށްވެ އެވެ.

ރަން ކިޔުމުގެ ހަފްލާގައި ޒާރާ ވަނީ ސިޔާމް އަށް ލަވައެއްވެސް ކިޔާދީފަ އެވެ.

ސަން ޝިޔާމް މިހާރު އުޅުއްވަނީ މޮރޮކޯއަށް ނިސްބަތްވާ އަންހެން ކަނބަލަކާއި ކައިވެނި ބައްލަވައިގެންނެވެ އެވެ.

މެމްބަރު އަހުމަދު ސިޔާމް މުހައްމަދު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ