ސޯޝަލް މީޑިއާގެ ތަރި ”ޕެސްޓޯ“

Advertisement

Advertisement

އެންމެ ފަސް

Advertisement

ސޯޝަލް މީޑިއާ ހުޅުވާލާ ކޮންމެ ފަހަރަކު ފެންނަނީ އެއް ވީޑިއޯ އެކެވެ. އެއީ އޮސްޓްރޭލިއާގެ މެލްބޯރން ސީ ލައިފް އަށް އުފަން ވި ފީނާ ދޫންޔެކެވެ. ގިނަ މީހުންގެ ހިތްތައް އަތުލައިގައިން ދޫންޔެކެވެ. މި އީ ޕެސްޓޯ އެވެ.

”ކިންގް ޕެންގުއިން“ އަކީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ފީނާދޫނީގެ ބާވަތެވެ. މިއަހަރުގެ ޖަނަވަރީ މަހު އުފަންވި ޕެސްޓޯ އަކީ އެ އެކުއޭރިއަމްގައި ގިނަ ދުވަސްތަކަކަށްފަހު އުފަންވި ފުރަތަމަ ކިންގް ޕެންގުއިން އެވެ. އުފަންވި ދުވަހުން ފެށިގެން ޕެސްޓޯގެ ދިރިއުޅުމާއި ބޮޑުވަމުން އަންނަ މިންވަރު ގާތުން ބަލަމުން ގެންދެވުނެވެ. އެކުއޭރިއަމްގެ ފަރާތުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މިހާރު ޕެސްޓޯގެ ބަރުދަން 52 ޕައުންޑަށް އަރާފައިވެ އެވެ.

ޕެސްޓޯ އަކީ މިހާރު ސޯޝަލް މީޑިއާގައި މަޝްހޫރުވެފައިވާ ތަރިއެކެވެ. އެން.ޕީ.އާރްގެ ރޭޗަލް ޓްރިސްމަން ހާމަކުރެއްވި ގޮތުގައި، ޕެސްޓޯ އާންމުންނަށް ދައްކާލުމަށް ޑިސްޕްލޭގައި ބެހެއްޓީ އޭޕްރިލް މަހުގަ އެވެ. ނަމަވެސް، ގިނަ ބައެއްގެ ސަމާލުކަން ޕެސްޓޯއަށް ލިބިގެން ދިޔައީ ސެޕްޓެންބަރު މަހު ބޭއްވުނު ޖިންސު ހާމަކުރުމުގެ ހަފްލާއިން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. މި ހަފްލާއިން ހާމަވެގެން ދިޔައީ ޕެސްޓޯ އަކީ ފިރިހެން ފީނާދޫނެއް ކަމެވެ. ގިނަ ޖަނަވާރުންގެ ޖިންސު ވަކިކުރަން ޖެހެނީ ލޭގެ ސާމްޕަލް ތަހުލީލުކޮށްގެން ނެވެ.

މިހާރު ޕެސްޓޯ ވަނީ އޮސްޓްރޭލިއާގެ އެންމެ މަޝްހޫރު ތަރިތަކުގެ ތެރެއިން އެކަކަށް ވެފަ އެވެ.

ޕެސްޓޯ އެހެން ފިނިދޫނިތަކާއެކު އެކުއޭރިއަމްގެ ތެރޭގައި ހަރަކާތްތެރިވަނީ — ފޮޓޯ: ބީބީސީ

ޕެސްޓޯ އެެހެން ފީނާދޫނިތަކާ ތަފާތުވަނީ އޭގެ ބަރުދަނާއި، ދިގުމިނާއި އަދި ކެހެރީގެ ސައިޒުން ނެވެ. ޕެސްޓޯގެ ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އުފުލާ ފަރާތްތަކުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ދުވާލެއްގެ މައްޗަށް ޕެސްޓޯ 25 މަސް ކައެވެ. ޕެސްޓޯގެ ޠަބީޢީ ބައްޕަ ”ބްލޭކް“ އަކީ ކިންގް ޕެންގުއިނެކެވެ. ބްލޭކްގެ ބަރުދަނަކީ 39 ޕައުންޑެވެ. އަދި އޭނާއަކީ އެކުއޭރިއަމްގެ އެންމެ ދުވަސްވީ ފީނާދޫނި އެވެ. ނަމަވެސް، ޕެސްޓޯ ބަލައި ބޮޑުކުރީ ޓެންގޯ އާއި ހަޖްސަން ކިޔާ ދެ ޒުވާން ފީނާދޫނި އެވެ. މި ދެ ފީނާދޫނީގެ ބަރުދަނަކީ އެންމެ 24 ޕައުންޑެވެ.

އެކުއޭރިއަމްގެ އެޑިއުކޭޝަން ސުޕަވައިޒަރ، ޖަސިންޓަ އަރލީ ބީބީސީއަށް ދެއްވި މަޢުލޫމާތުގައިވާ ގޮތުން، ޕެސްޓޯ އަބަދުވެސް އުޅެނީ ޓެންގޯ އާއި ހަޖްސަންގެ ފަހަތުންކަމުން، ޕެސްޓޯ އިތުރަށް ބޮޑުކަމަށް ފެނެ އެވެ. މިވަގުތު ޕެސްޓޯގެ ހަށިގަނޑުގައި ހުރީ މުށިކުލައިގެ ކެހެރި ނަމަވެސް، ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި އޭގެ ކެހެރި ފައިބައި، ކަޅު، ހުދު އަދި އޮރެންޖު ކުލަ އަރާނެ އެވެ. މީގެ އިތުރުން، އެކުއޭރިއަމުން ފާހަގަކުރާ ގޮތުގައި ޕެސްޓޯގެ ބަރުދަން 33 ޕައުންޑަށް ދަށްވާނެ އެވެ.

ޕެސްޓޯ އެހެން ފިނިދޫނިތަކާއެކު އެކުއޭރިއަމްގެ ތެރޭގައި ހަރަކާތްތެރިވަނީ — ފޮޓޯ: ބީބީސީ

ކިންގް ޕެންގުއިންސްގެ އާންމުކޮށް ބަރުދަން ހުންނަނީ 31 – 37 ޕައުންޑްސް އަދި ދިގުމިނުން 33 – 37 އިންޗި އެވެ. އެހެން ފީނާދޫނި ތަކަށްވުރެ ބޮޑުނަމަވެސް އެންމެ ބޮޑު ފީނާ ދޫންޏަކީ ”އެމްޕެރޯރ ޕެންގުއިންސް“ އެވެ. އޭގެ ބަރުދަން 100 ޕައުންޑް ހުރެފައި ދިގުމިނުން 50 އިންޗި ހުރެއެވެ.

އޮސްޓްރޭލިއާ ފީނާދޫނި

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ