ޑްރީމްވޯކްސް އެންޓަޓެއިންމެންޓް އިން ގެނެސްދިން ހެއްވާ މަޖާ އެނިމޭޓެޑް މޫވީ ”ޝްރެކް“ ސިލްސިލާގެ އިތުރު ބައެެއް އުފައްދަން އުޅޭ ކަމަށް ރިޕޯޓްކޮށްފި އެވެ.
ބޭރުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި މިފަހަރުގެ ޝްރެކްއަށް އަޑު އަޅާފައިވަނީ ކުރީގެ މުހިންމު ރޯލްތަކަށް އަޑުއެޅި ހޮލީވުޑްގެ ތަރިން ނެވެ. މި އެނިމޭޝަންގައި އެންމެ އިސްކޮށް ފެންނަ ޝްރެކްއަށް މައިކް މަޔާސް، ޝްރެކްގެ އަންހެނުން ޕްރިންސެސް ފިއޯނާގެ ބަޔަަށް ބަތަލާ ކެމެރަން ޑިއޭޒް އަދި ޝްރެކްގެ ރަހުމަތްތެރި ޑޮންކީގެ ބަޔަށް އަޑު އަޅާފައިވަނީ އެޑީ މާފީ އެވެ.
ޑްރީމްވޯކްސް އެންޓަޓެއިންމެންޓުން ވަނީ ”ޝްރެކް 5“ ޖުލައި 1 2026 ގައި ނެރެން އުޅޭކަން އިއުލާންކޮށްފަ އެވެ.
ދިވެހިންގެ ތެރޭގައިވެސް މަގްބޫލުކަމެއް ހޯދި ޝްރެކްގެ އެންމެ ފުރަތަމަ އެނިމޭޝަން ރިލީޒްވީ 2001 ވަނަ އަހަރުގަ އެވެ. އެ އަހަރު ”ޝްރެކް“ ވަނީ ހޮލީވުޑްގެ އެންމެ ޝަރަފްވެރި އޮސްކާ ހަފްލާގައި އެންމެ މޮޅު އެނިމޭޝަންގެ އެވޯޑް ކާމިޔާބުކޮށްފަ އެވެ.