”އެމިލީ އިން ޕެރިސް“ ރޯމްއަށް ގެންދާތީ ފްރާންސް އާއި އިޓަލީ ކޯޅުމެއްގައި

Advertisement

Advertisement

އެންމެ ފަސް

Advertisement

ނެޓްފްލިކްސްގެ ހިޓް ޝޯ “އެމިލީ އިން ޕެރިސް”ގެ ސީޒަން ފަހެއް އިޓަލީގެ ރޯމްގައި ޝޫޓް ކުރަން އިއުލާންކުރުމުން ފްރާންސްގެ ރައީސް އިމޭނުއެލް މެކްރޯން އެކަމާއި މާޔޫސްކަން ފާޅުކުރައްވައިފި އެވެ.

”ރޯލިން ސްޓޯން“ މަޖައްލާއިން ބުނީ އެމެރިކާއަށް ނިސްބަތްވާ މި ސީރީސްގެ ސީޒަން 4 މިދިޔަ މަހު ނިމުނުއިރު އެ ޝޯގެ ލީޑް ކެރެކްޓަރ ރޯމަށް ދާން އުޅޭކަން ހާމަވުމުން ގިނަ ބެލުންތެރިން އެކަމާއި ހައިރާންވި ކަމަށެވެ. މިހާރު ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވަނީ އެ ވާހަކަ އަޑުއެއްސެވުމަށްފަހު އިޓަލީގެ ވެރިރަށަށް ޝޯ ބަދަލުވުން ހުއްޓުވުމަށް އެގައުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

”އަހަރެމެން އެދޭނަން އެމީހުން ޕެރިހުގައި މަޑުކުރަން، ’އެމިލީ އިން ޕެރިސް’” ރޯމްގައި ހެދުމަކީ މާނައެއް ނެތް ކަމެއް،“ ބުދަ ދުވަހު ވެރައިޓީއަށް ދެއްވި އިންޓަވިއުއެއްގައި މެކްރޯން ވިދާޅުވި އެވެ.

އެމިލީ އިން ޕެރިސްގެ ނަމާއި އެއްގޮތަށް އެ ސީރީޒްއަކީ ފްރާންސްގެ ޕެރިހަށް ދިރިއުޅުން ބަދަލުކުރި ޒުވާން އަންހެނަކަށް ދިމާވާ ކަންތައްތައް ދައްކާ ވާހަކަތައް ގެނެސްދޭ ޝޯވއެކެވެ. މި ޝޯވގެ މައިގަނޑު ޝަހްސްގެ ބައި ކުޅެނީ ހޮލީވުޑްގެ މަޝްހޫރު ތަރި ލިލީ ކޮލިންސް އެވެ.

ފްރާންސްގެ ރައީސްގެ ވާހަކަފުޅަށް ރައްދު ދެއްވަމުން ރޯމްގެ މޭޔަރު ރޮބަޓޯ ގުއަލްޓިއޭރީ ވަނީ އެކްސްގައި މެކްރޯންއަށް ރައްދުދެއްވާފަ އެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޭޔަރު ވަނީ ސަމާސާ ރާގެއްގައި މެކްރޯން އަރިހުގައި ކަންބޮޑުވެވަޑައިނުގަންނަވަން ވިދާޅުވެފަ އެވެ.

“ ޑިއާ އިމޭނުއެލް މެކްރޯން، ކަންބޮޑުވެ ވަޑައިނުގަންނަވާ. އެމިލީ ރޯމްގައި ހަމަ ވަރަށް ރަނގަޅު. މީހަކަށް ހިތެއް ކޮންޓްރޯލް ނުކުރެވޭނެ. އެމިލީއަށް (ސީރީޒް ލޮކޭޝަން) އިހްތިޔާރުކުރަން ފުރުސަތު ދެމާ“

ގުއަލްޓިއޭރީ ދަ ހޮލީވުޑް ރިޕޯޓަރ ރޯމާއަށް ދެއްވި އިންޓަވިއުއެއްގައި އިތުރަށް ވިދާޅުވީ، “ރައީސް މެކްރޮން ކަންބޮޑުވާންޖެހޭ އިތުރު ބޮޑެތި ކަންތައްތަކެއް ނެތް ހެއްޔެވެ؟”

ގުއަލްޓިއޭރީ ބުނީ އެމިލީ އިން ޕެރިސްއާއި ބެހޭގޮތުން މެކްރޯން ކުރެއްވީ ސަމާސާއެއް ކަމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވެފަ އެވެ. ނެޓްފްލިކްސް ފަދަ ޕްރޮޑަކްޝަން ކުންފުންޏަކުން ގައުމުތަކުގެ ވެރިންގެ އަމުރު ނުނަގާކަން ނުވަތަ ސިޔާސީ ޕްރެޝަރަށް ބަލައިގެން ނިންމުންތައް ނުނިންމާކަން އެނގެން ޖެހިވަޑައިގަންނަވާނެ ކަމުގައި ގުއަލްޓިއޭރީ ވިދާޅުވި އެވެ.

ހޮލީވުޑް ނެޓްފްލިކްސް އިޓަލީ ފްރާންސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ