މި އަހަރުގެ ގޯލްޑަން ގްލޯބް ގެ އެންމެ ބޮޑު އެވޯޑްތައް ލިބިފައިވަނީ ”އެމީލިއާ ޕެރޭޒް“ އަދި ”ދަ ބްރޫޓަލިސްޓް“ އަށެވެ.
އާދިއްތަ ދުވަހު ބޭއްވުނު އެވޯޑް ހަފްލާގައި ”ދަ ބްރޫޓަލިސްޓް“ އަށް ލިބިފައިވަނީ އެންމެ މޮޅު ޑްރާމާ އެވޯޑް އެވެ. އަދި އެ ޑްރާމާ ގެ ހަންގޭރިއަން ހޮލޮކޯސްޓް ސަވައިވާ އެއްގެ ރޯލް ކުޅުނު އެޑްރިއަން ބްރޯޑީ އަށް ވަނީ ބެސްޓް އެކްޓަރ ގެ އެވޯޑް ވެސް ލިބިފަ އެވެ.
”އެމީލިއާ ޕެރޭޒް“ އަށް ވަނީ މިފަހަރު 10 ގޯލްޑަން ގްލޯބް އެވޯޑަށް ނޮމިނޭޓް ވެފަ އެވެ. މިއީ މިއަހަރު އެންމެ ގިނައިން ނޮމިނޭޝަން ލިބިފައިވާ ފިލްމް އެވެ. މި ފިލްމް ވަނީ ބެސްޓް މޯޝަން ޕިކްޗަރ މިއުޒިކަލް އޯރ ކޮމެޑީ އެވޯޑް އާއި، ބެސްޓް ނޮން އިންގްލިޝް ލެންގުއޭޖް ފިލްމް ގެ އެވޯޑާއި، ބެސްޓް އޮރިޖިނަލް ސޯންގް ގެ އެވޯޑާއި، އަދި އެ ފިލްމް ގެ ތަރި ޒޯއީ ސަލްޑަނަ ވަނީ ބެސްޓް ސަޕޯޓިންގް އެކްޓްރެސްގެ އެވޯޑުވެސް ހާސިލް ކޮށްފަ އެވެ. މީގެ އިތުރުން މި ފިލްމް ގެ ފްރެންޗް ޑިރެކްޓަރ ޖާކޫސް އޮޑިއާޑް ވަނީ 4 އެވޯޑް ހަސިލް ކޮށްފައެވެ.
ބެސްޓް އެކްޓަރ ގެ އެވޯޑު ބްރޯޑީއަށް ލިބުމަކީ އޭނާގެ ކެރިއަރުގައި ލިބުނު އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ ތެރެއިން އެއް ކާމިޔާބީއެވެ. މިއީ އޭނާ ”ދަ ޕިއަނިސްޓް“ ފިލްމުން އެންމެ ޅަ އުމުރުގައި އޮސްކާ އިނާމު ހޯދި ފަހުން 20 އަހަރަށްވުރެ ގިނަ ދުވަސް ފަހުން ލިބުނު ކާމިޔާބީއެކެވެ. އެ ފިލްމުގައިވެސް އޭނާ އަދާކޮށްފައިވަނީ ހޮލޯކޯސްޓުން ދިރި ހުރި މީހެއްގެ ދައުރެވެ.
އަދި ހަމަ އެހެންމެ، ޑެމީ މޫރުގެ ކެރިއަރުގެ ފަހުކޮޅުގައި ލިބުނު ކާމިޔާބީއެއްގެ ގޮތުގައި އޭނާއަށް ”ދަ ސަބްސްޓަންސް“ ފިލްމުން ބެސްޓް އެކްޓްރެސް އިން އަ ކޮމެޑީގެ އެވޯޑު ވަނީ ލިބިފައެވެ.
82 ވަނަ ގޯލްޑަން ގްލޯބް ރަސްމިއްޔާތުގައި ޓީވީ ކެޓަގަރީތަކުގެ ތެރެއިން، ޖަޕާނުގެ އިމްޕީރިއަލް ޒަމާނުގައި ހިނގާ ތާރީޚީ ވާހަކައެއް ކަމުގައިވާ އެފްއެކްސްގެ ”ޝޯގަން“ އަށް ޝަރަފުވެރި އެންމެ ބެސްޓް ޑްރާމާ ޓެލެވިޜަން ސީރީޒްގެ އިނާމު ލިބުނެވެ. އަދި ”ޝޯގަން“ އަށް ބެސްޓް އެކްޓަރ އެންޑް އެކްޓްރެސްގެ އެވޯޑު ވަނީ ފުރަތަމަ ފަހަރަށް އެންނާ ސަވާއީ އަދި ހިރޯޔުކީ ސަނަޑާ އަށް ލިބިފަ އެވެ.
އެހެނިހެން އެވޯޑުތަކުގެ ތެރޭގައި އުނދަގޫ އަންހެން ސްޓޭންޑް-އަޕް ކޮމީޑިއަނެއްގެ ވާހަކަ ކިޔައިދޭ ”ހެކްސް“ އަށް ބެސްޓް ކޮމެޑީ ސީރީޒްގެ އެވޯޑު ލިބުނެވެ. ދެވަނަ ފަހަރަށް ޖީން ސްމާޓަށް ”ހެކްސް“ އިން ވަނީ ބެސްޓް ލީޑް އެކްޓްރެސް އިން އަ ކޮމެޑީ ރޯލް ގެ އެވޯޑު ލިބިފަ އެވެ.
”ދަ ބެއަރ“ އިން ޖެރެމީ އެލަން ވައިޓަށާއި، ”ޓްރޫ ޑިޓެކްޓިވް“ އިން ޖޯޑީ ފޮސްޓަރަށާއި، ”ދަ ޕެންގުއިން“ އިން ފިޒިކަލް ޓްރާންސްފޯރމޭޝަން އަށް ކޮލިން ފެރެލްއަށް އެވޯޑު ލިބުނެވެ.