ޓޮޕް ގަން އަދި ބެޓްމޭން ފިލްމުގެ ތަރި ވެލް ކިލްމަރ 65 އަހަރުގައި މަރުވެއްޖެ

Advertisement

އެންމެ ފަސް

Advertisement

ހޮލިވުޑްގެ ނަންމަޝްހޫރު ތަރި، ވެލް ކިލްމަރު، 65 އަހަރުގެ އުމުރުގައި މަރުވެއްޖެ އެވެ.

ކިލްމަރަކީ 1980 އަދި 1990 ގެ އަހަރުތަކުގައި ހޮލިވުޑްގެ އެންމެ މަޤްބޫލު ފިލްމުތަކުގެ ތެރެއިން ”ޓޮޕް ގަން“ އަދި ”ބެޓްމޭން ފޮރެވަރ“ ފަދަ ފިލްމުތަކުގައި މުހިންމު ދައުރުތައް އަދާކުރި ފަންނާނެކެވެ. އޭނާގެ ފާހަގަކޮށްލެވޭ މަސައްކަތްތަކުގެ ތެރޭގައި 1991 ގައި ނެރުނު ”ދަ ޑޯރސް“ ފިލްމުގައި މަޝްހޫރު ބޭންޑު ”ދަ ޑޯރސް“ ގެ ލީޑަރު ޖިމް މޮރިސަންގެ ރޯލު އަދާކުރުން ހިމެނެ އެވެ.

ކިލްމަރުގެ ދަރިފުޅު މަރސީޑީސް، އެމެރިކާގެ މީޑިއާތަކަށް ހާމަކުރި ގޮތުގައި، އޭނާގެ ބައްޕައަށް 2014 ގައި ކަރުގެ ކެންސަރު ޖެހުނު ނަމަވެސް، ފަހުން އެ ބަލިން ރަނގަޅުވެފައިވެ އެވެ. ނަމަވެސް، ޓްރެކިއޮޓޮމީ ސަރޖަރީގެ ސަބަބުން އޭނާގެ އަޑަށް އަސަރުކޮށް، އެކްޓިންގ ކެރިއަރަށް ގޮންޖެހުންތަކެއް ކުރިމަތިވި އެވެ.

ކިލްމަރުގެ އެންމެ ފަހުގެ ސްކްރީން އަޕިއަރެންސްއަކީ 2022 ގައި ނެރުނު ”ޓޮޕް ގަން: މެވެރިކް“ ފިލްމުގައި ޓޮމް ކްރޫޒްއާ އެކު އައިސްމޭންގެ ދައުރު އަލުން އަދާކުރުމެވެ. މީގެ އިތުރުން، އޭނާ ވަނީ ”ޓޫމްބްސްޓޯން“ އަދި ”ހީޓް“ ފަދަ ތަފާތު ޖޯންރާތަކުގެ ފިލްމުތަކުގައިވެސް ފާހަގަކޮށްލެވޭ ރޯލުތަކެއް އަދާކޮށްފަ އެވެ.

ހޮލީވުޑް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ