އިންގްލެންޑް ސްކޮޑުގައި ޗަލޯބާ އާއި ޓްރެފޯޑް ހިމަނައިފި

Advertisement

އެންމެ ފަސް

Advertisement

ޗެލްސީގެ ޑިފެންޑަރު ޓްރެވޯ ޗަލޯބާ އާއި މެންޗެސްޓާ ސިޓީގެ ކީޕަރު، ޖޭމްސް ޓްރެފޯޑަށް އިންގްލެންޑް ގައުމީ ޓީމުން ޖާގަ ލިބިއްޖެއެވެ.

ޗަލޯބާ އާއި ޓްރެފޯޑަށް އިންގްލެންޑް ޓީމުން ޖާގަ ލިބުނީ ނިއުކާސަލް ޔުނައިޓެޑުގެ ދެ ކުޅުންތެރިން ކަމަށްވާ އެންތޮނީ ގޯޑަން އާއި ނިކް ޕޯޕް އަށް އަނިޔާވުމުންނެވެ. މި ދެ ކުޅުންތެރިންނަށް އަނިޔާވެފައިވާކަމަށް ނިއުކާސަލްގެ ކޯޗު ބުނެފައިވާއިރު، ފުޓުބޯޅަ އެސޯސިއޭޝަނުން ވަނީ އަންގާރަ ދުވަހު އެކަން ކަށަވަރުކޮށްފައެވެ.

ފީފާ ވޯލްޑް ކަޕް ކޮލިފައިންގެ ކުރިޔަށްހުރި މެޗުތަކަށް އިންގްލެންޑުން ތައްޔާރުވަމުން އަންނައިރު، އެ ޓީމު ބައްދަލުކުރާނީ އަލްބޭނިއާ އާއި ސާބިއާ އާއެވެ. މި ދެ ޓީމާ ދެކޮޅަށް ނިކުންނައިރުވެސް، އިންގްލެންޑަށް ވަނީ ވޯލްޑް ކަޕުގެ ޖާގަ ކަށަވަރުވެފައެވެ.

ޗަލޯބާ އަށް އެންމެ ފުރަތަމަ ގައުމީ ޓީމުން ޖާގަ ލިބުނީ މިދިޔަ މެއި މަހު ޓުޗެލްގެ އިރުޝާދުގެ ދަށުންނެވެ. އެ މެޗުގައި އިންގްލެންޑް ނިކުތީ ސެނެގާލް އާ ދެކޮޅަށެވެ. އޭގެފަހުން ސެޕްޓެންބަރު މަހު ކުޅުނު ދެ މެޗުގެ ސްކޮޑުގައި ޗަލޯބާ ހިމަނާފައެއް ނުވެއެވެ.

ޗަލޯބާ ވަނީ މި ސީޒަނުގައި ހަތަރު މެޗު ފިޔަވައި ޗެލްސީގެ ހުރިހައި މެޗެއްގައި ކުޅެފައެވެ. އެ ޓީމު މިވަގުތު އޮތީ ޕްރިމިއާ ލީގު ތާވަލުގެ ތިން ވަނައިގައެވެ.

އިންގްލެންޑް ގައުމީ ޓީމް މެންޗެސްޓާ ސިޓީ ޗެލްސީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ