އަނިޔާގެ ސަބަބުން ޗެލްސީގެ ކޯލް ޕާމާ ތިން ހަފުތާއަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.
މިދިޔަ ހަފުތާގައި މެންޗެސްޓާ ޔުނައިޓެޑް އަތުން ޗެލްސީ ބަލިވި މެޗުގެ ފުރަތަމަ ހާފުގައި ޕާމާ ވަނީ އަނިޔާގެ ސަބަބުން ބަދަލުކޮށްފަ އެވެ. އޭނާއަށް އެންމެ ފުރަތަމަ އަނިޔާވީ ޖުލައި މަހު ކުރިޔަށްދިޔަ ފީފާ ކްލަބް ވޯލްޑް ކަޕަށްފަހު އެވެ.
އޮކްޓޫބަރު މަހުގެ އިންޓެނޭޝަނަލް ބްރޭކްގެ ކުރިން ލީގުގައި ޗެލްސީ ނިކުންނާނީ ބްރައިޓަން އާއި ލިވަޕޫލާ ދެކޮޅަށެވެ. އަދި ޗެމްޕިއަންސް ލީގުގައި ހޯޒޭ މޮރީނިއޯގެ ބެންފީކާ އާ ދެކޮޅަށް ނިކުންނާނެ އެވެ.
ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ބުނީ، ޕާމާ އަށް ލިބުނު އަނިޔާ އިތުރަށް ގޯސްވިޔަ ނުދިނުމުގެ ގޮތުން، އޭނާ އަށް ރެސްޓު ދީފައިވާ ކަމަށެވެ. އެގޮތުން، ޕާމާ އަށް ދެ ހަފުތާ އާއި ތިން ހަފުތާގެ މުއްދަތަކަށް ރެސްޓު ދީފައިވާ ކަމަށް މަރެސްކާ ބުންޏެވެ.
