ވުލްވްސް އަތުން ޗެލްސީއަށް ބޮޑު މޮޅެއް

Advertisement

އެންމެ ފަސް

Advertisement

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އިން 3-0 ގެ ނަތީޖާއަކުން ވުލްވްސްގެ މައްޗަށް ކުރިހޯދައިފި އެވެ.

ޗެލްސީގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސްް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެ އެވެ. ނަމަވެސް، ދެވަނަ ހާފު ފެށިގެން ހަވަނަ މިނެޓުގައި މަލޯ ގުސްޓޯ ވަނީ ލަނޑެއް ޖަހައި ޗެލްސީއަށް ކުރިހޯދަދީފަ އެވެ. އެއީ ގުސްޓޯގެ ސީނިއާ ކެރިއަރުގައި އޭނާ ޖެހި ފުރަތަމަ ލަނޑެވެ. އޭނާ ވަނީ މިހާތަނަށް 165 މެޗު ކުޅެފަ އެވެ. 2023 ވަނަ އަހަރު ޗެލްސީއާ ގުޅުމަށްފަހު އޭނާ ވަނީ އެ ޓީމަށް ޖުމްލަ 98 މެޗު ކުޅެފަ އެވެ.

މެޗުގެ 65 ވަނަ މިނެޓުގައި ޖޮއާއޯ ޕެޑްރޯ ވަނީ ލަނޑު ޖަހައި ޗެލްސީއަށް ލީޑު ފުޅާކޮށްދީފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ޕެޑްރޯ އަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނު ނަމަވެސް، ދެވަނަ ހާފުގައި އޭނާ ވަނީ ޗެލްސީއަށް މުހިންމު ލަނޑެއް ޖަހައިދީފަ އެވެ.

މެޗުގެ 73 ވަނަ މިނެޓުގައި އަލެހަންދްރޯ ގާނާޗޯ ތަނަވަސްކޮށްދިން ފުރުސަތަކުން ޕެޑްރޯ ނެޓޯ ވަނީ ލަނޑު ޖަހައި ޗެލްސީއަށް ތިން ޕޮއިންޓު ކަށަވަރުކޮށްދީފަ އެވެ.

މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ދެވަނަ އަށް ޖެހިލާފަ އެވެ. އެ ޓީމުން ވަނީ ކުޅުނު 11 މެޗުން 20 ޕޮއިންޓު ހޯދާފަ އެވެ. ވުލްވްސް އޮތީ ދެ ޕޮއިންޓާއެކު ތާވަލުގެ ފުލުގަ އެވެ.

ދިވެހި ޕްރިމިއާ ލީގު ޗެލްސީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ