ހާލަންޑުގެ ދެ ލަނޑާއެކު ސިޓީއަށް ބޮޑު މޮޅެއް

Advertisement

އެންމެ ފަސް

Advertisement

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާލިން ހާލަންޑު ޖެހި ދެ ލަނޑާއެކު މެންޗެސްޓާ ސިޓީ އިން 5-1 ގެ ނަތީޖާއަކުން ބާންލީ ބަލިކޮށްފިއެވެ.

ސިޓީއިން މި ސީޒަނުގައި އަމިއްލަ ދަނޑުގައި ކުޅުނު ދެ މެޗުން ބަލިވެފައިވުމާއެކު ކޯޗު ޕެޕް ގާޑިއޯލާ އާއި ޓީމަށް ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ. ސިޓީއިން ވަނީ ރޭ ބޮޑު މޮޅެއް ހޯދައި، ފާޑުކިޔުންތަކަށް ރައްދު ދީފައެވެ.

ސިޓީގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން 12 ވަނަ މިނެޓުގައި ބާންލީގެ ޑިފެންޑަރު، މެކްސިމް އެސްޓެވޭ އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެފައެވެ. އޭގެފަހުން، މެޗުގެ 38 ވަނަ މިނެޓުގައި ޖޭޑަން އެންތަނީ ވަނީ ބާންލީއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މިއާއެކު، ފުރަތަމަ ހާފު ނިމުނުއިރު ދެ ޓީމު ވަނީ އެއްވަރުވެފައެވެ.

ދެވަނަ ހާފު ފެށިގެން ސިޓީ އިން ވަނީ ކުޅުން ރަނގަޅުކޮށް، ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދާފައެވެ. އެގޮތުން، މެޗުގެ 61 ވަނަ މިނެޓުގައި މަތެއުސް ނޫނޭސް ވަނީ ލަނޑު ޖަހައި، ސިޓީއަށް އަލުން ލީޑު ހޯދަދީފައެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން އެސްޓެވޭ އަތުން ވަނީ ބައިކޮޅަށް އިތުރު ލަނޑެއް ވަދެފައެވެ. މިއާއެކު ސިޓީއަށް ވަނީ ދެ ލަނޑުގެ ލީޑެއް ލިބިފައެވެ.

ހާލަންޑު ވަނީ މެޗުގެ އިތުރު ވަގުތުގައި ދެ ލަނޑު ޖަހައި، އޭނާގެ ވަރުގަދަ ފެށުން ދަމަހައްޓާފައެވެ. ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުން އޭނާ ވަނީ އަށް ލަނޑު ޖަހާފައެވެ.

މި ނަތީޖާއާއެކު ސިޓީ ވަނީ ތާވަލުގެ ހަ ވަނަ އަށް ޖެހިލާފައެވެ. ސިޓީ އިން ވަނީ ވާދަވެރި ލިވަޕޫލް، ޗެލްސީ އަދި މެންޗެސްޓާ ޔުނައިޓެޑް ބަލިވުމުގެ ފައިދާ ނަގާފައެވެ.

 

އިނގިރޭސި ޕްރިމިއާ ލީގު މެންޗެސްޓާ ސިޓީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ