ކްލަބް މޯލްޑިވްސް ކަޕް ގަދަ 16 ބުރުގެ މެޗުތައް މިރޭ ފަށަނީ

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕްގެ ގަދަ 16 ބުރުގެ މެޗުތައް މިރޭ ފެށުމަށް ތައްޔާރުވެއްޖެއެވެ.

ޖުމްލަ 24 ޓީމު ވާދަކުރާ މި މުބާރާތުގެ ގަދަ 16 ބުރުގެ މެޗުތައް މިރޭ ފެށުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ ހަ ގުރޫޕުގެ އެއްވަނަ އަދި ދެވަނަ ޓީމު ވަނީ ގަދަ 16 ބުރަށް ދަތުރުކޮށްފައެވެ. މީގެއިތުރުން، ތިންވަނައަށް ދިޔަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ނެރުނު ހަތަރު ޓީމަށްވެސް ވަނީ މި ބުރުން ޖާގަ ލިބިފައެވެ.

މިރޭ ފުރަތަމަ ކުރިޔަށްދާނީ އެމްއޭސީއެލް އާއި ކްލަބް ޓީޓީއެސް ބައްދަލުކުރާ މެޗާއި އާރްއާރްސީ އާއި ޔުނައިޓެޑް ބީއެމްއެލް ބައްދަލުކުރާ މެޗެވެ. އެމްއޭސީއެލް އިން ވަނީ ފުރިހަމަ ރެކޯޑަކާއެކު ގުރޫޕު ”އޭ“ ގެ އެއްވަނަ ހޯދާފައެވެ. އަދި ޓީޓީއެސް ގަދަ 16 ބުރަށް ދަތުރުކުރީ ގުރޫޕް ”އެފް“ ގެ ތިންވަނަ ޓީމުގެ ގޮތުގައެވެ.

އާރްއާރްސީ އަކީ މިހާތަނަށް މުބާރާތުގައި އެންމެ މޮޅު ކުޅުމެއް ދައްކަމުންދާ އެއް ޓީމެވެ. އެ ޓީމުން ވަނީ ކުޅުނު ހުރިހައި މެޗެއް ކާމިޔާބުކޮށް، ގުރޫޕް ”ބީ“ ގެ އެއްވަނަ ހޯދާފައެވެ. ޔުނައިޓެޑް ބީއެމްއެލް އަކީ ގުރޫޕް ”އެފް“ ގެ ދެވަނަ ޓީމެވެ.

މިރޭގެ ފަހު ދެ މެޗުގައި ބައްދަލުކުރާނީ މޯލްޑިވިއަން އާއި ދިރާގު، އަދި ކްލަބް އެޗްޑީސީ އާއި ސްޓެލްކޯ ރެކްރިއޭޝަން ކްލަބެވެ. މޯލްޑިވިއަން އިން ގުރޫޕް ”ޑީ“ ގެ ދެވަނަ ހޯދާފައިވާއިރު ދިރާގުން ވަނީ ގުރޫޕް ”އީ“ ގެ ދެވަނަ ހޯދާފައެވެ.

ސްޓެލްކޯ އާއި އެޗްޑީސީ ވަނީ ގުރޫޕް ސްޓޭޖުގައިވެސް ބައްދަލުކޮށްފައެވެ. މި ދެ ޓީމު ބައްދަލުކުރި މެޗަކީ މިހާތަނަށް މި މުބާރާތުގައި ފެނުނު އެންމެ ފޯރިގަދަ އެއް މެޗެވެ. ގުރޫޕް ސްޓޭޖުގައި ކުޅުނު މެޗުން އެޗްޑީސީ އިން ވަނީ 2-1 ގެ ނަތީޖާއަކުން ސްޓެލްކޯ ބަލިކޮށްފައެވެ. އެޗްޑީސީ އިން ގުރޫޕްގެ އެއްވަނަ ހޯދިއިރު، ސްޓެލްކޯ އަށް ލިބުނީ ތިންވަނަ އެވެ.

ގަދަ 16 ބުރުގެ ފަހު ހަތަރު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭގައެވެ.

ކްލަބް މޯލްޑިވްސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ