އެޗްޑީސީ ކަޓުވާލައި ސްޓެލްކޯ ކުއާޓާއަށް

Advertisement

އެންމެ ފަސް

Advertisement

ކްލަބް މޯލްޑިވްސް ކަޕް 2025 ގެ ފެވަރިޓުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރި ކްލަބް އެޗްޑީސީ 2-1 ގެ ނަތީޖާއަކުން ބަލިކޮށް، ސްޓެލްކޯ ރެކްރިއޭޝަން ކްލަބް ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

މުބާރާތުގެ ގުރޫޕް ސްޓޭޖުގައިވެސް މި ދެ ޓީމުގެ ކުރިމަތިލުމެއް ފެނިފައިވާއިރު، އެ މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެޗްޑީސީ އިންނެވެ. އެޗްޑީސީ އިން ގުރޫޕްގެ އެއްވަނަ ހޯދިއިރު ސްޓެލްކޯ އަށް ލިބުނީ ތިންވަނަ އެވެ.

ގުރޫޕް ސްޓޭޖުގައި އެޗްޑީސީ އަތުން ބަލިވުމާއެކު ސްޓެލްކޯ އިން ރޭގެ މެޗަށް ނިކުތީ ފުރިހަމައަށް ތައްޔާރުވެގެނެވެ. އެގޮތުން، މެޗު ފެށިގެން ފުރަތަމަ މިނެޓުގައި ސްޓެލްކޯގެ ކެޕްޓަން، އަހުނަފް ރަޝީދު (އަހުއްކޮ) ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ކުރިހޯދަދީފައެވެ.

މެޗުގެ ކުރީކޮޅު ސްޓެލްކޯ އިން ލަނޑެއް ޖެހުމާއެކު، އެޗްޑީސީގެ ކުޅުމަށްވެސް ވަނީ ބޮޑު ބަދަލެއް ގެންނަން ޖެހިފައެވެ. އެ ޓީމުން ލަނޑެއް ޖެހުމަށް ގިނަ މަސައްކަތަކެއް ކުރިނަމަވެސް، ސްޓެލްކޯ ކުޅުންތެރިން ވަނީ ރަނގަޅަށް ޑިފެންސް ކޮށްފައެވެ.

ދެވަނަ ހާފު ފެށިގެންވެސް އެޗްޑީސީ އިން ވަނީ ލަނޑެއް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެ ޓީމަށް އިތުރު މައްސަލަތައް ދިމާވީ ފަސް ފައުލް ހަމަވުމާއެކުއެވެ. ޕްރެޝަރާއެކު ކުޅެމުން ދިޔަ އެޗްޑީސީގެ ހަ ފައުލް ހަމަވުމާއެކު ސްޓެލްކޯއަށް ވަނީ ދުރު ޕެނަލްޓީއެއް ލިބިފައެވެ. ޕެނަލްޓީ ކާމިޔާބުކޮށް، ނާއިހު މުފީދު (ނާހު) ވަނީ ސްޓެލްކޯ އަށް ލީޑު ފުޅާކޮށްދީފައެވެ.

ސްޓެލްކޯ އިން ދެވަނަ ލަނޑު ޖެހުމާއެކު އެޗްޑީސީ އިން ވަނީ ކީޕަރުގެ ބަދަލުގައި ކުޅުންތެރިޔަކު އަރުވައި، ޕަވާ ޕްލޭގައި ކުޅެން ފަށާފައެވެ. އެ ޓީމުން ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުވީ މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށެވެ. މެޗުގައި އެޗްޑީސީގެ ހަމައެކަނި ލަނޑު ޖެހީ ހުސައިން ސުހައިލް އެވެ. އެޗްޑީސީ އިން ފަހުވަގުތާ ހަމަޔަށް މަސައްކަތް ކުރި ނަމަވެސް، މެޗު ނިމުމުގެ ކުރިން އިތުރު ލަނޑެއް ޖެހިފައެއް ނުވެއެވެ.

މި މެޗުން ސްޓެލްކޯ މޮޅުވުމުގައި އެންމެ ބޮޑު އެއް ދައުރު އަދާކުރީ ރަޝިއާގެ ކީޕަރު، މުހައްމަދެވެ. އޭނާ ވަނީ އެޗްޑީސީގެ ގިނަ ހަމަލާތަކެއް ހުއްޓުވާފައެވެ. މިއާއެކު، މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީވެސް މުހައްމަދެވެ.

ކްލަބް މޯލްޑިވްސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ