އެމްޕީއެލް އަށް ބޮޑު މޮޅެއް، ދިރާގާއި ޕޮލިސް ދެވަނަ ބުރަށް

Advertisement

އެންމެ ފަސް

Advertisement

ކްލަބް މޯލްޑިވްސް ކަޕް 2025 ގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުތަކުގައި ރޭ އެމްޕީއެލް އިން 9-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކްލަބް އޭވިއޭޝަން ސެކިޔުރިޓީ ބަލިކޮށް ގުރޫޕު ”އީ“ ގެ އެއްވަނަ ހޯދިއިރު، އެ ގުރޫޕުގެ ދިރާގާއި ޕޮލިސް ކްލަބް ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.

އެމްޕީއެލް އިން ގުރޫޕުގެ އެއްވަނަ ހޯދީ ކުޅުނު ހުރިހައި މެޗަކުން މޮޅުވެ، ފުރިހަމަ ރެކޯޑަކާއެކުއެވެ. އަދި ރޭ 1-0 ގެ ނަތީޖާއަކުން ޕޮލިސް ބަލިކޮށް، ދިރާގުން ވަނީ ހަ ޕޮއިންޓާއެކު ގުރޫޕުގެ ދެވަނަ ހޯދާފައެވެ. ޕޮލިސް ދެވަނަ ބުރަށް ދަތުރުކުރީ ތިންވަނަ ޓީމުގެ ގޮތުގައެވެ. ގުރޫޕް ސްޓޭޖުން ތިންވަނަ އަށް ދިޔަ ޓީމުތަކުގެ ތެރެއިން އެންމެ ދަށް ނަތީޖާއެއް ލިބި، މުބާރާތުން ކަޓާފައިވަނީ ކްލަބް އިމިގްރޭޝަން އާއި ކަސްޓަމްސް ރެކްރިއޭޝަން ކްލަބެވެ. ޕޮލިސް ދެވަނަ ބުރުން ޖާގަ ހޯދީ އިމިގްރޭޝަނަށްވުރެ އެއް ލަނޑު އިތުރަށް ޖަހައިގެނެވެ.

އެމްޕީއެލް އާއި އޭވިއޭޝަން ސެކިޔުރިޓީ ބައްދަލުކުރި މެޗުގައި އެމްޕީއެލްގެ މުހައްމަދު ޒީދާން ޒުހުރީ ހެޓްރިކް ހެދިއިރު، މުހައްމަދު ޔަފާއު ވަނީ ދެ ލަނޑު ޖަހާފައެވެ. މީގެއިތުރުން، އެ ޓީމުގެ އަޖުމަލް އަހުމަދު، މީޝަމް ނައީމް، ހަސަން ޔޫން އަދި އިބްރާހިމް ޝަނޫން ވަނީ ލަނޑު ޖަހާފައެވެ.

ދިރާގާއި ޕޮލިސް ބައްދަލުކުރި މެޗުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިފައިވާއިރު، މެޗުގެ ހަމައެކަނި ލަނޑު ދިރާގަށް ޖަހައިދިނީ އިސްމާއިލް ލީޒާން އެވެ.

މުބާރާތުގެ ދެވަނަ ބުރުގެ ގުރު ނެގުމަށް ހަމަޖެހިފައިވަނީ މިރޭގައެވެ.

ކްލަބް މޯލްޑިވްސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ