އާރްއާރްސީ އާއި އެމްއޭސީއެލް އިން ރެކޯޑު ދެމެހެއްޓިއިރު، ސިފައިންނާއި އެސްޓީއޯ ދެވަނަ ބުރަށް

Advertisement

އެންމެ ފަސް

Advertisement

މިހާރު ކުރިޔަށްދާ ކްލަބް މޯލްޑިވްސް ކަޕް 2025 ގައި ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ފުރިހަމަ ރެކޯޑު ދެމެހެއްޓިިއިރު، ދިވެހި ސިފައިންގެ ކްލަބާއި އެސްޓީއޯ ރެކްރިއޭޝަން ކްލަބް ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.

ގުރޫޕު ”އޭ“ ގެ ފަހު މެޗުތައް ރޭ ކުޅެފައިވާއިރު، އެމްއޭސީއެލް އިން ވަނީ 1-0 ގެ ނަތީޖާއަކުން ކްލަބް އިމިގްރޭޝަން ބަލިކޮށް، ފުރިހަމަ ރެކޯޑަކާއެކު ގުރޫޕުގެ އެއްވަނަ ހޯދާފައެވެ. ހަ ޕޮއިންޓާއެކު ދެވަނަ ލިބުނީ ރޭ 9-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަރޮސް މޯލްޑިވްސްގެ މައްޗަށް ކުރިހޯދި ސިފައިންނަށެވެ.

އެމްއޭސީއެލް އާއި އިމިގްރޭޝަން ބައްދަލުކުރި މެޗުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިފައިވާއިރު، މެޗުގެ ހަމައެކަނި ލަނޑު އެމްއޭސީއެލް އަށް ޖަހައިދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ އާމިރު ހުސެއިން ތަޔޭބީ އެވެ. އޭނާ ލަނޑު ޖަހާފައިވަނީ މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށެވެ.

ސިފައިންނާއި ބަރޮސް ބައްދަލުކުރި މެޗުގައި ސިފައިންގެ ޓީމުން ތަފާތު ދެއްކީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ސަރޯޝް އެވެ. އޭނާ ވަނީ މި މެޗުގައި ފަސް ލަނޑު ޖަހާފައެވެ. އޭގެއިތުރުން އެ ޓީމުގެ އަލީ ސިސާން އާއި އަބްދުﷲ ޝުޖާއު ލަނޑު ޖެހިއިރު، ބަރޮސް ކުޅުންތެރިން އަތުން ވަނީ ބައިކޮޅަށް ދެ ލަނޑު ވަދެފައެވެ. ބަރޮސްގެ ހަމައެކަނި ލަނޑު ޖެހީ ހުސައިން ސަލީމް އެވެ.

އާރްއާރްސީ އިން ވަނީ ރޭ 4-1 ގެ ނަތީޖާއަކުން ކަސްޓަމްސް ރެކްރިއޭޝަން ކްލަބް ބަލިކޮށް، ނުވަ ޕޮއިންޓާއެކު ގުރޫޕު ”ބީ“ ގެ އެއްވަނަ ހޯދާފައެވެ. މި މެޗުގައި އާރްއާރްސީގެ ޝަނާން ރަޝާދު ދެ ލަނޑު ޖެހިއިރު، އިސްމާއިލް މުނީޒް އާއި އިބްރާހިމް ސިނާހު (ސިނާ) ވަނީ ލަނޑު ޖަހާފައެވެ. މި މެޗުގައި ކަސްޓަމްސް އަށް ލަނޑު ޖަހައިދިނީ ހަސަން ނޫރިޝް އެވެ.

އެސްޓީއޯ ދެވަނަ ބުރަށް ދަތުރުކުރީ ރޭ 2-1 ގެ ނަތީޖާއަކުން ކްލަބް ފެން ބަލިކުރުމަށްފަހުއެވެ. މި މެޗުން މޮޅުވުމާއެކު އެސްޓީއޯއަށް ވަނީ ޖުމްލަ ހަ ޕޮއިންޓު ލިބިފައެވެ. ރޭގެ މެޗުގައި އެ ޓީމުގެ ލަނޑުތައް ޖެހީ އަލީ ހައިސަމް (ޗުމްޕު) އާއި އަލީ އިފާޒް އެވެ. ކްލަބް ފެންގެ ހަމައެކަނި ލަނޑު ޖެހީ އަލީ ނިޝާން އެވެ.

ކްލަބް މޯލްޑިވްސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ