ޗެލްސީ ވިއްކާލައިގެން ލިބުނު ފައިސާ ޔޫކްރޭނަށް ދޭން ރަޝިޔާގެ ބިލިއަނަރަށް ޔޫކޭއިން މަޖުބޫރު ކުރަނީ

Advertisement

އެންމެ ފަސް

Advertisement

ޗެލްސީ ފުޓްބޯޅަ ކްލަބް ވިއްކައިގެން ލިބުނު 2.5 ބިލިއަން ޕައުންޑް ޔުކްރެއިންއަށް ދިނުމަށް އެ ކްލަބުގެ ކުރީގެ ވެރިފަރާތް ރޯމަން އެބްރަމޮވިޗްއަށް މަޖުބޫރު ކުރުމުގެ ގޮތުން އެ މައްސަލައިގައި ކޯޓަށް ދާނެކަމުގެ އިންޒާރު ޔޫކޭ ސަރުކާރުން ދީފި އެވެ.

އެބްރަމޮވިޗް ޗެލްސީ ވިއްކާލީ 2022 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގަ އެވެ. އޭނާ ޗެލްސީ ވިއްކާލީ ރަޝިޔާ-ޔޫކްރޭން ހަނގުރާމަ ފެށުމާއެކު 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޔޫކޭގެ ކުރީގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަން އެކަމަށް މަޖުބޫރު ކުރުމުންނެވެ. އެ އަހަރުގެ އޭޕްރީލް މަހު ޗެލްސީގެ ރަސްމީ އެކައުންޓުގައި ކުރި ޕޯސްޓެއްގައި ވަނީ ޗެލްސީ ވިއްކާލައިގެން ލިބޭ ފައިސާ ހަރަދު ކުރާނީ ރަޝިޔާ-ޔޫކްރޭން ހަނގުރާމައިގައި އަސަރު ކުރި މީހުންނަށް ކަމަށެވެ.

ޗެލްސީ ވިއްކާލައިގެން އެބްރަމޮވިޗްއަށް ލިބުނު 2.5 ބިލިއަން ޕައުންޑް ވަނީ ޔޫކޭގައި އޭނާގެ ނަމުގައި ހުޅުވާފައިވާ އެކައުންޓެއްގައި ހިފަހައްޓާފަ އެވެ. ޔޫކޭ ސަރުކާރުން ބޭނުންވަނީ އެ ފައިސާ ހަމައެކަނި ޔޫކްރޭނަށް ހަރަދު ކުރުމަށެވެ. ނަމަވެސް އެބްރަމޮވިޗް ވަނީ އެ ފައިސާ ހަރަދު ކުރާނީ ރަޝިޔާ އަދި ޔޫކްރޭންގައިވެސް ހަނގުރާމައިގެ ޝިކާރައަކަށްވެފައިވާ މީހުންނަށްކަމަށް ބުނެފަ އެވެ. ޔޫކޭ ސަރުކާރާ އެބްރަމޮވިޗްއާ ދެމެދު ހިޔާލު ތަފާތުވެފައިވަނީ މި މައްސަލައިގަ އެވެ.

ޔޫކޭގެ ޗާންސެލަރ ރޭޗަލް ރީވްސް އަދި ފޮރިން ސެކްރެޓަރީ ޑޭވިޑް ލެމީ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ”މަޝްވަރާކުރުމުގެ ދޮރު ހުޅުވިފައި ބެހެއްޓި ނަމަވެސް، ބޭނުންވެއްޖެ ހާލަތެއްގައި ކޯޓަށް ދިއުމަށް ފުރިހަމައަށް ތައްޔާރަށް ތިބި“ ކަމަށެވެ.

ރަޝިއާގެ ތެލާއި ގޭހުގެ ވިޔަފާރިން މުއްސަނދިވެފައިވާ އެބްރަމޮވިޗްއަކީ ރަޝިއާގެ ރައީސް ވްލަދިމިރް ޕުޓިންއާ ގާތް ގުޅުމެއް އޮތް މީހެއް ކަމަށް ތުހުމަތުކުރެވެ އެވެ. ނަމަވެސް އޭނާ މިކަން ދޮގުކޮށްފައިވެ އެވެ.

ޔޫކްރެއިން ޔޫކްރެއިން-ރަޝިޔާ ޗެލްސީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ