ދެ ދާއިރާ އެއްގައި މަސައްކަތް ކުރާ އިންޑިއާ މީހުންނަށް ޑޮލަރު ފޮނުވޭ ލިމިޓް މަތިކޮށްފި

Advertisement

އެންމެ ފަސް

Advertisement

ދެ ދާއިރާ އެއްގައި ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާ މީހުންނަށް ސްޓޭޓް ބޭންކު އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ޑޮލަރު ފޮނުވޭ ލިމިޓް މަތިކޮށްފި އެވެ.

އެ ބޭންކުން ލިމިޓް އިތުރުކޮށްފައިވަނީ ސިއްހީ އަދި ތައުލީމީ ދާއިރާ ގައި މަސައްކަތް ކުރާ މީހުންނަށް އިންޑިއާ އަށް ފޮނުވޭ ޑޮލަރު ލިމިޓެވެ. މިކަން ހާމަކޮށް އެ ބޭންކުން މިދިޔަ އާދީއްތަ ދުވަހު އެ ތަނުގެ ކަސްޓަމަރުންނަށް ވަނީ މެސެޖެއް ފޮނުވާފަ އެވެ.

އެ މެސެޖުގައި ބުނެފައިވަނީ ސިއްހީ އަދި ތައުލީމީ ދާއިރާ ގައި މަސައްކަތް ކުރާ އިންޑިއާ މީހުންނަށް އެ ބޭންކު މެދުވެރިކޮށް ޑޮލަރު ފޮނުވޭ ލިމިޓް 300 އަށް މަތިކޮށްފައިވާ ކަމަށެވެ. އަދި މި ބަދަލާއި އެއްގޮތަށް އަމަލު ކުރަން ފަށާނީ މާދަމާ ކަމަށް ވެސް ބުނެފައިވެ އެވެ.

އެސްބީއައި މެދުވެރިކޮށް ކުރިން އިންޑިއާ އަށް ފޮނުވެނީ 700 ޑޮލަރެވެ. އެ އަދަދު 500 އަށް އަދި ފަހުން 400 އަށް ވެސް ތިރިކޮށްފައި ވެއެވެ. އަދި މި ފަހުން އެ ލިމިޓް ވަނީ 150 އަށް ކުޑަ ކޮށްފަ އެވެ.

މި ވަރަށް ލިމިޓް ކުޑަކުރީ ޑޮލަރު ލިބުން ދަތިވާ ކަމަށް ބުނެ އެވެ. މިއާއެކު ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާ މީހުން ކަންބޮޑުވުން ފާޅުކޮށް ހައްލުތަކެއް ހޯދައިދިނުމަށް އެދި އެ މީހުން މަސައްކަތް ކުރާ ތަންތަނުގައި އެދިފައިވެ އެވެ.

ސްޓޭޓް ބޭންކް އޮފް އިންޑިއާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ