ބިއޯންޑުން އާ މަންޒިލްތަކަށް ދަތުރުތައް ފަށަން މަސައްކަތް ކުރަނީ

Advertisement

އެންމެ ފަސް

Advertisement

ދުނިޔޭގެ ފުރަތަމަ ޕްރިމިއަމް ލެޝާ އެއާލައިން ”ބިއޯންޑް“ އިން އަންނަ އަހަރު މުޅިން އާ ހަތަރު މަންޒިލަކަށް ދަތުރުތައް ފެށުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.

އެ އެއާލައިނުން ބުނީ އާ މަންޒިލްތަކަކަށް ދަތުރު ފެށުމުގެ ހުއްދަ ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އެގޮތުން، ޗައިނާ އާއި ސައުތު ކޮރެއާ އާއި ވިއެޓްނާމްގެ އިތުރުން ތައިލޭންޑާއި އިންޑިއާ އާއި ފްރާންސާއި އިޓަލީ އަދި ޔޫކޭއަށް އެއާލައިންގެ ދަތުރުތައް ފެށުމަށް ބޭނުންވާ ހުއްދަ ހޯދުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް އެ އެއާލައިންއިން ބުނެފައިވެ އެވެ.

އަމާޒަކީ އަންނަ އަހަރުގެ ތެރޭގައި އޭގެ ތެރެއިން ހަތަރު މަންޒިލަކަށް ދަތުރު ކުރުމުގެ ހުއްދަ ހޯދުން ކަމަށް ވެސް އެ އެއާލައިނުން ބުނެފައިވެ އެވެ.

”ބިއޯންޑް“ އިން އަންނަ އަހަރަށް އާ މަންޒިލްތަކަކަށް ދަތުރު ފެށުމުގެ މަސައްކަތް ކުރަމުން ދާއިރު، ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި 22 ފްލީޓް އިތުރުކޮށް، އެއާލައިނުގެ މަސައްކަތްތައް ފުޅާކޮށް، ދުނިޔޭގެ 30 އަށް ވުރެ ގިނަ މަންޒިލްތަކަށް ދަތުރުތައް ފެށުމަށް މަސައްކަތް ކުރާނެ ކަމަށް އެ އެއާލައިނުން ބުނެފައިވެ އެވެ.

ބިއޯންޑުން ބުނީ ކުރިއަށް އޮތް 10 އަހަރަށް ޓާގެޓުކޮށް، އެއާލައިނުގެ މަސައްކަތްތައް ފުޅާކުރަން ނިންމާފައި ވަނީ ރާއްޖެއާ ދުނިޔޭގެ އެކި ގައުމުތައް ގުޅުވައިދީ، އެ އެއާލައިންގެ ޕްރިމިއަމް ލެޝާ މޮޑެލްގެ ޕްރައިމަރީ ހަބެއްގެ ގޮތުގައި ރާއްޖެއަށް ފުރުސަތު ހޯދައިދިނުމަށް ކަމަށެވެ.

ބިއޯންޑުން ބުނީ އެއާލައިނުގެ ސްޓްރެޓެޖީއަކީ ހައި-ވެލިއު ދަތުރުވެރިން ދުނިޔޭގެ ކުރިއަރާފައިވާ އެކި ސިޓީތަކަށް ދަތުރު ކުރުމުގައި ޕްރިމިއަމް ތަޖުރިބާއެއް ފޯރުކޮށްދިނުން ކަމަށް ވެސް އެ އެއާލައިނުން ބުނެފައިވެ އެވެ.

ބިއޯންޑް އެއާލައިން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ