ރަޝިޔާ – ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ނުލިބޭ ކަމަށް ބުނެ އެމެރިކާއިން ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުއަޅައިފި އެވެ.
މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެވަނަ ދައުރަކަށް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ރަޝީޔާއާ ދެކޮޅަށް ފިޔަވަޅު އެޅުއްވި ފުރަތަމަ ފަހަރެވެ.
އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ބުނެފައިވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވަނީ ރަޝިޔާގެ އެންމެ ބޮޑު ދެ ތެޔޮ ކުންފުނި، ލުކޮއިލް އާއި ރޮސްނެފްޓަށް ކަމަށެވެ. މި ފިޔަވަޅު އަޅާފައިވަނީ، ޔޫކްރެއިންއަށް ދެމުންދާ ހަމަލާތައް ހުއްޓާނުލާތީއާއި ސުލްހަ ގާއިމުކުރުމުގެ މަޝްވަރާތަކަށް ސީރިއަސްކޮށް ނުނަގާތީ ކަމަށް ބުނެފައިވެ އެވެ.
ސްކޮޓް ބެސެންޓް ބުނެފައިވަނީ، މިފިޔަވަޅުތަކުގެ ސަބަބުން ރަޝިޔާގެ ހަކަތަ ދާއިރާއަށް ޕްރެޝަރު އިތުރުވެ، ހަނގުރާމައިގެ މެޝިނަރީޒް ހޯދުމަށް ދަތިވެ އަދި އިގްތިސާދީގޮތުން ބަލިކަށިކުރެވޭނެ ކަމަށެވެ.
އެމެރިކާއިން ރަޝިޔާގެ ތެޔޮގަތުން ހުއްޓާލާ ދަތިކުރުމުގެ ފިޔަވަޅު އެޅިނަމަވެސް ޗައިނާ އަދި އިންޑިއާއިން ރަޝިޔާގެ ކުންފުނިތަކުްނ ތެޔޮގަނެ އެވެ. އަދި އެކަމުގެ ނުރުހުން އެމެރިކާގެ ރައީސް ޓްރަމްޕް މީގެކުރިންވެސް ފާޅުކޮށްފައިވެ އެވެ. އަދި އަންނަ ހަފުތާގައި ޗައިނާގެ ރައީސްއާ ބައްދަލުކުރައްވާއިރުވެސް އެކަންބޮޑުވުން ހުއްސާކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.
ރަޝިޔާގެ ރައީސް ޕުޓިން އަދި އެމެރިކާގެ ރައީސް ޓްރަމްޕް މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި އެމެރިކާގައި ބައްދަލުވެސް ކުރެއްވި އެވެ. ނަމަވެސް އެ ބައްދަލުވުމުގައި ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވިފައެއް ނުވެ އެވެ.
ރަޝިޔާ ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން އެމެރިކާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޔޫކްރެއިން-ރަޝިޔާ
