ޔާމީން މިއަދު ޝަރީއަތަށް ހާޒިރުނުވެ ދިއްދުއަށް

Advertisement

އެންމެ ފަސް

Advertisement

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާ ކުރާ މައްސަލައެއްގައި މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޝަރީއަތަށް ހާޒިރު ނުވުމުން އަޑުއެހުން ކެންސަލް ކޮށްފި އެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން އަދި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއާ ގުޅޭ އަޑުއެހުން މިއަދު ތާވަލުކޮށްފައިވަނީ ކްރިމިނަލް ކޯޓުގައި މެންދުރު 02:30 އަށެވެ. އަޑުއެހުން ފެށުމަށް ކަނޑައެޅި ވަގުތު ފަހަނައަޅައި ދިޔަފަހުން ކޯޓުން ވަނީ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފަ އެވެ.

ކްރިމިނަލް ކޯޓުން މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފައިވަނީ އަޑުއެހުން ޔާމީން ހާޒިރުނުވުމުންނެވެ.

އެގޮތުން ކްރިމިނަލް ކޯޓުން ބުނެފައިވަނީ، އަޑުއެހުމަށް ދައުވާ ލިބޭ ފަރާތުން ހާޒިރުވެފައިނުވާތީ އަޑުއެހުން ކެންސަލް ކުރެވިފައިވާ ކަމަށެވެ އެވެ. އަދި ދައުވާ ލިބޭ ފަރާތުން މަގަބޫލު ސަބަބެއް ނެތި ކޯޓަށް ހާޒިރުނުވުމަކީ އަދި މައްސަލަ ތާވަލުކުރެވިފައި ވަނިކޮށް ކޯޓުގެ ހުއްދަނެތި ކޯޓު ހުރި ރަށުން ފުރައިގެން ދިއުމަކީ އެ ފަރާތަކާ މެދު ގާނޫނީ ފިޔަވަޅު އެޅިދާނެ އަމަލުތަކެއް ކަމަށް ބުނެފައިވެ އެވެ.

ޝަރީއަތަށް ހާޒިރުނުވެ ޔާމީން މިއަދު ވަޑައިގެންފައިވަނީ ހއ. ދިއްދޫ އަށެވެ. އެ ރަށަށް ވަޑައިގެންނެވީ ’ތިލައުތުރު އެވޯޑް‘ ޝަރަފުވެރިކޮށްދެއްވުމަށެވެ.

ރައީސް އަބްދުﷲ ޔާމީން ކްރިމިނަލް ކޯޓު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ