ސިނގިރޭޓް ވައްކަން: އެޕޯލޯގެ ވެރިޔާ ދިގަލި ޝަރީއަތް ނިމެންދެން ބަންދަށް، އިތުރު 3 މީހުން ހައްޔަރަށް

Advertisement

އެންމެ ފަސް

Advertisement

ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، މިދިޔަ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލްގެ ހުޅުމާލެ ޕޯޓުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގި މައްސަލައިގައި ހައްޔަރު ކުރި އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މި މައްސަލަޔާ ގުޅިގެން އިތުރު ތިން މީހަކު އިއްޔެ ހައްޔަރުކޮށް، މިއަދު ބަންދުގެ މުއްދަތު ޖަހާފައިވާކަމަށް ފުލުހުން ބުނެ އެވެ. އެގޮތުން ހައްޔަރުކޮށް ބަންދުކުރި މީހުންނަކީ، ހދ. ވައިކަރަދޫ، ނޫރަލީގެ، އަހުމަދު ޝަމީމް (42 އަހަރު)، ހ. ރުމޭނިއާ، އަހުމަދު ފިރުޝާން (35 އަހަރު)، އަދި އައްޑޫ ހިތަދޫ، ޗާންދަނީގޭ، ހުސައިން ސާމިހް (35 އަހަރު) އެވެ. މި ތިން މީހުންގެ ތެރެއިން ޝަމީމާއި ސާމިހް ހަތް ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާއިރު، ފިރުޝާން ބަންދުކުރީ ފަސް ދުވަހުގެ މުއްދަތަކަށެވެ. މި ތިން މީހުން އިއްޔެ ހައްޔަރުކޮށް، މިއަދުން ފެށިގެން އެ މުއްދަތުތަކަށް ބަންދުގައި ބައިތިއްބަން ކޯޓުން އަމުރުކުރި އެވެ.

މި މައްސަލައިގައި ދިގަލި ހައްޔަރު ކުރީ ސިނގިރޭޓު ވަގަށް ނެގި އޮޕަރޭޝަނަށް ފަންޑުކުރި ކަމުގެ ތުހުމަތުގަ އެވެ.

އުމުރުން 65 އަހަރުގެ ދިގަލި، މި މަހުގެ 15 ވަނަ ދުވަހު ބަންދަށް ދިން 10 ދުވަހުގެ މުއްދަތު ހަމަވުމާ ގުޅިގެން މިއަދު ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.

މި މައްސަލައިގައި ދެން ހިމެނޭ ވިޔަފާރިވެރިޔާ ކަމަށްވާ ލޮޓަސް ކުންފުނީގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކުރީ މިމަހު 15 ވަނަ ދުވަހު އެވެ. އާއްޓޭގެ ބަންދުގެ މުއްދަތު އަދި ހަމައެއް ނުވެ އެވެ.

މި މައްސަލައިގައި ފުލުހުން މިހާތަނަށް ޖުމްލަ ނުވަ މީހުން ހައްޔަރުކޮށްފައިވެ އެވެ. އެއީ އާއްޓޭ އާއި ދިގަލީގެ އިތުރުން ކަސްޓަމްސްގެ ހުޅުމާލެ ޕޯޓުގައި މަސައްކަތްކުރި އިސް މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލާއި ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް މުއާޒް އަލީ އާއި ކ. ތުލުސްދޫ، ލިންކް ހަސަން އަބްދުއްރަހުމާން އާއި ސިނގިރޭޓް ކޮންޓެއިނާ އުފުލި ދޯނީގެ ކެޕްޓަން ނ. މިލަދޫ، ކެނެރީގެ، އާދަމް ވަހީދު އާއި މިއަދު ބަންދުގެ މުއްދަތު ޖެހި 3 މީހުންނެވެ.

ކްރިމިނަލް ކޯޓު ދިވެހި ފުލުހުންގެ ޚިދުމަތް ދެ ކޮންޓެއިނާ ސިނގިރޭޓްގެ ވައްކަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ