ތުލުސްދޫގައި ގާއިމްކޮށްފައިވާ ސްޓޭޓް ޔޫޓިލިޓީ ސްކިލްސް އެކަޑަމީ ހުޅުވައިދެއްވައިފި

Advertisement

އެންމެ ފަސް

Advertisement

ކ. ތުލުސްދޫގައި ގާއިމްކޮށްފައިވާ ސްޓޭޓް ޔޫޓިލިޓީ ސްކިލްސް އެކަޑަމީ ހުޅުވައިދެއްވައިފި އެވެ.

މި އެކަޑަމީ ހުޅުވައިދެއްވައިފައި ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ކ. އަތޮޅަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ތުލުސްދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ތުލުސްދޫގައި ގާއިމްކޮށްފައިވާ ސްޓޭޓް ޔޫޓިލިޓީ ސްކިލްސް އެކަޑަމީ ރަސްމީކޮށް ހުޅުވައިދެއްވައިފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. ރައިސްގެ އަރިހުގައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމެންޓް އިބްރާހީމް ތޯރިގް އަދި ސްތެލްކޯގެ މެނެޖިން ޑިރެކްޓަރ، ތުލުސްދޫ ދާއިރާގެ މެންބަރު އަދި ތުލުސްދޫ ކައުންސިލްގެ ރައީސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ރައީސް ވަނީ މި އެކަޑަމީ ހުޅުވައިދެއްވުމަށް ފަހު އެތަން ބައްލަވާލައްވައިފަ އެވެ.

ސްޓޭޓް ޔޫޓިލިޓީ އެކަޑަމީ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ސްޓެލްކޯގެ މި އެކަޑަމީ ހިންގުމަށް އެމްއެންޔޫއާއި ވަނީ އެކިއެކި މަޝްވަރާތަށް ކުރެވިފަ އެވެ. އަދި ސްޓެލްކޯއިން އެމްއެންޔޫގެ ދަރިވަރުންނަށް ބޭނުންވާ އެކިއެކި އެހީތެރިކަން ސްޓެލްކޯގެ ފަރާތުން އެހީތެރިކަމާއި އެއްބާރުލުން ލިބިގެންދާނެ އެވެ.

މި އެކަޑަމީ ވެގެންދާނީ ތުލުސްދޫ އަދި ކ. އަތޮޅަށްވެސް އަދި ރާއްޖޭގެ އެހެން ސަރަހައްދުގެ މީހުން ބިނާ ކުރުމަށްޓަކައި ހާއްސަކޮށް ފަންނީ މީހުން ބިނާކުރުމަށް މުހިންމުތަނަކަށް ކަމަށް ބެލެވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކ. ތުލުސްދޫ ސްޓެލްކޯ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ