ފެނަކައާ ދެކޮޅަށް ކޯޓުތަކުގައި 60 އަށްވުރެ ގިނަ މައްސަލަ އެބަ ކުރިއަށްދޭ: ފެނަކަ

Advertisement

އެންމެ ފަސް

Advertisement

ފެނަކައާ ދެކޮޅަށް ކޯޓުތަކުގައި 60 އަށްވުރެ ގިނަ މައްސަލަ ކުރިއަށްދާ ކަމަށް އެކުންފުނިން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ފެނަކައިގެ އޮޑިޓް ރިޕޯޓާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އެ ކުންފުނީގެ ވެރިން ވަނީ ހާޒިރުކޮށްފަ އެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފެނަކައިގެ ޗީފް ކޯޕަރޭޓް އޮފިސަރ ކުލްޝޫމް އަލީ ވިދާޅުވީ، ކޯޓުތަކުގައި ފެނަކައިގެ މައްޗަށް މިހާރު 60 އަށްވުރެ ގިނަ މައްސަލަތައް ކުރިއަށްދާކަމަށެވެ.

ފެނަކައިގެ އޮޑިޓާއި ގުޅިގެން ކުންފުނީގެ ލީގަލް ޑިޕާޓްމެންޓުންވެސް ހާއްސަ ދިރާސާތަކެއް ކުރަމުންދާކަން ފާހަގަަކޮށް ކުލްޝޫމް ވިދާޅުވީ، ފެނަކައިގެ ފަރާތުންވެސް މައްސަލަތަކެއް ކޯޓަށް ހުށަހަޅަންޖެހޭ ކަމަށާއި އެހެންކަމުން އެ ކަންކަން ބަލަމުންދާ ކަމަށެވެ.

”އޮޑިޓް ރިޕޯޓުގައިވެސް ފާހަގަކޮށްފައިވާގޮތަށް ލިޔެކިޔުންތަކަކީ ހާއްސަ ސްޓްރަކްޗަރ އަކަށް މެއިންޓެއިންކުރެވިފައި ހުރި ލިޔެކިޔުންތަކެއް ނޫން. އެކަމަކު އަޅުގަނޑުމެން އިތުރު ޓީމްތަކެއް ނަގައިގެންވެސް އެގްރިމެންޓްތަކާ އެހުރިހާ އެއްޗެއް ދިރާސާއެއް ކުރަމުންމިދަނީ، މި ކޭސްތަކުގައި ކޯޓުތަކުގައި އަޅުގަނޑުމެންނަށް ވަކާލާތު ކުރުމަށް، އަދި އިތުރު އެވިޑެންސާއި ހުރިހާ އެއްޗެއް ހޯދުމަށްޓަކައި،“ ކުލްޝޫމް އަލީ ވިދާޅުވި އެވެ.

ފެނަކައިގެ ކުރީގެ މެނޭޖްމަންޓުން، އަމިއްލަ ކުންފުނިތަކާއި ވިޔަފާރިތަކުން މުދަލާއި ހިދުމަތް ހޯދުމަށްފަހު ފައިސާ ނުދައްކާ މައްސަލައިގައި ކޯޓުތަކުގައި ގިނަ މައްސަލަތަކެއް އަންނަނީ ހިނގަމުންނެވެ.

އެގޮތުން ސިވިލް ކޯޓުން މިދިޔަ ޖެނުއަރީ މަހު ފެނަކައިގެ މައްޗަށް ވަނީ އަމިއްލަ ވިޔަފާރިއަކަށް 28 މިލިއަން ރުފިޔާ ދެއްކުމަށް ހުކުމް ކޮށްފަ އެވެ. އަދި މިދިޔަ ޖުލައި މަހުގެ ތެރޭގައި 27.1 މިލިއަން ރުފިޔާ، އޮގަސްޓް މަހުގެ ތެރޭގައި 7.2 މިލިއަން ރުފިޔާ އަދި ސެޕްޓެމްބަރު މަހުގެ ތެރޭގައި 366،812 އެމެރިކާ ޑޮލަރު ދެއްކުމަށް ފެނަކައިގެ މައްޗަށް ސުވިލް ކޯޓުން ހުކުމްކޮށްފައިވެ އެވެ.

ރައްޔިތުންގެ މަޖިލިސް ފެނަކަ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ