ޑީސަލް ވައްކަންކުރުން ހުއްޓުވުމަށް ފެނަކައިން ކޮންސަލްޓެންޓެއް ނަގައިފި

Advertisement

އެންމެ ފަސް

Advertisement

ޑީސަލުން ވައްކަންކުރުން ހުއްޓުވުމަށް ކޮންސަލްޓެންޓެއް ނަގައިގެން މަސައްކަތްތަކެއް ކުރަމުންދާކަމަށް ފެނަކައިން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފެނަކައިގެ އެމްޑީ މެޖަރ ރިޓަޔަރޑް މުހައްމަދު ނަޖާހު ވިދާޅުވީ، ޑީސަލްގެ ކަންކަމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި އަދި ޑީސަލްގެ ކަންކަމަކީ ވައްކަމުގެ ފުރުސަތު ހުޅުވާލެވޭގޮތަކަށް އޮންނަ ކަންކަން ކަމަށެވެ.

”ޑީސަލްއަކީ އޭގެ ޒާތުގައި ހަމަ ވަރަށް ބޮޑެތި ވައްކަމުގެ ފުރުސަތު ހުޅުވާލެވޭ ކަހަލަ ގޮތަކަށް، ވަރަށް ނާޒުކުގޮތަކަށް ޑީސަލް ކެރީ ކުރުމާ، ޕަވަރ ހައުސްއާ ހަމައަށް އިންޓާނަލީ ގެންދިއުމާ، ހޮޅިއަޅައިގެން ނުވަތަ ވެސަލް ވެހިކަލްއަކުން މި ކުރަނީ.“ ނަޖާހު ވިދާޅުވި އެވެ.

ނަޖާހު ވިދާޅުވީ ޑީސަލްގެ ކަންކަމުގައި ވައްކަން ނުކުރެވޭނެގޮތަށް އަދި ކޮލިޓީ ޗެކްކުރެވޭނެ ގޮތަށް ދިރާސާކޮށް ކަންކަން ބެލުމަށް އެ ދާއިރާގެ ޕްރޮފެޝަނަލްއެއް މިހާރު ފެނަކައަށް ނަގާފައިވާ ކަމަށެވެ.

އެކަމަށް ހާއްސަކޮށް ނަގާފައިވާ ބޭފުޅާ މިހާރު ދިރާސާތަކެއް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އަދި ޑީސަލް ކޮލިޓީ ޗެކްކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ކުރަމުންދާ ކަމަށް ނަޖާހު ވިދާޅުވި އެވެ.

އެހެންކަމުން ކުރިއަށްއޮތްތަނުގައި ޑީސަލްގެ ކޮލިޓީއާއި ވައްކަންތައް ހުއްޓުވުމަށް ކުރިއަށްއޮތް އަހަރުގެތެރޭގައި ރަނގަޅު ފިޔަވަޅުތަކެއް އަޅާނެ ކަމަށް ނަޖާހު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސް މާލިއްޔަތު ކޮމެޓީ ފެނަކަ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ