މީޑިއާ ކޮމިޝަނަށް ރައީސަކު އައްޔަނުކުރުމުގެ މައްސަލަ ކޮމިޓީއަށް

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައީސަކު އައްޔަނު ކުރުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ، އެ ކޮމިޝަނަށް ރައީސަކު އައްޔަނު ކުރުމަކީ މަޖިލީހުން ކުރަންޖެހޭ ކަމެއް ކަމަށާއި ނަމަވެސް އެކަމުގައި އަމަލުކުރާނެ ގޮތެއް މަޖިލީހުގެ ގަވައިދުގައި ބަޔާންކޮށްފައިނުވާ ކަމަށެވެ. އެހެންކަމުން މިކަމުގައި އަމަލުކުރާނީ މަޖިލީހަށް ހުށަހެޅޭ ރުހުން ހޯދުމުގެ މައްސަލަތަކުގައި އަމަލުކުރާގޮތަށް ކަމަށް ނާޒިމް ވިދާޅުވި އެވެ.

މަޖިލީހުގެ ރިޔާސަތުން، މީޑިއާ ކޮމިޝަނަށް ރައީސަކު އައްުޔަނު ކުރުމަށް އެ ކޮމިޝަންގައި ހިމެނޭ 7 މެންބަރުންގެ ނަން ފޮނުވާފައިވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށެވެ.

މި ކޮމިޝަނަށް މަޖިލީހުން އައްޔަނުކުރާ މެންބަރުންގެ ގޮތުގައި އައްޔަނު ކުރައްވާފައިވަނީ މުހައްމަދު ފަރުސަތު / ހ. ޓޫހަރޓްސް، ސަފާ ޝަފީގު / ބިއްލޫރިވިލާ، ދ.މީދޫ އަދި އާމިނަތު ސަރާހަތު އިއްޒަތު / ގ. ގޮފި އެވެ.

މީޑިއާ ކޮމިޝަނަށް ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުންގެ ގޮތުގައި ހަމަޖައްސަވާފައިވަނީ ށ.ފޭދޫ، މޫނިމާގެ / އަބްދުލްއަޒީޒް އިބްރާހީމް އަދި ގދ.ތިނަދޫ، މަލަ / ޒަމްއަތު އަހްމަދު ވަހީދެވެ. އެހެން މީޑިއާތައް ތަމްސީލުކުރާ 2 މެންބަރުންގެ ގޮތުގައި ހަމަޖެއްސެވީ ގދ. ރަތަފަންދޫ، ވެލީގެ / ސިމާހާ ނަސީމް އަދި ހދ. ވައިކަރަދޫ، ހިސާން / ހުސައިން ޘަޤީފެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ޤާނޫނުގެ ދަށުން އުފައްދާފައިވާ މި ކޮމިޝަނަކީ 7 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ. މީގެ ތެރެއިން 4 މެންބަރުން މީޑިއާތަކުގެ މެދުގައި ބާއްވާ އިންތިޚާބަކުން އައްޔަންކުރެވޭއިރު، 3 މެންބަރުން އައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހުން ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

ރައްޔިތުންގެ މަޖިލިސް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ