މާމެންދޫ ސިއްހީ މަރުކަޒުގެ ލެބޯރެޓްރީ ހުޅުވައިދެއްވައިފި

Advertisement

އެންމެ ފަސް

Advertisement

ލ. މާމެންދޫ ސިއްހީ މަރުކަޒުގެ ލެބޯރެޓްރީ މިއަދު ހުޅުވައިދެއްވައިފި އެވެ.

މާމެންދޫ ސިއްހީ މަރުކަޒުގެ ލެބޯރެޓްރީ ހުޅުވައިދެއްވައިފައި ވަނީ، ރައީސް މުއިއްޒު މިހާރު ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު މާމެންދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މި ލެބޯރެޓްރީ ރަސްމީކޮށް ހުޅުވައިދެއްވައިފައި ވަނީ، ހެލްތް މިނިސްޓަރ އަބްދުލް ނާޒިމް އެވެ. އަދި އަރިހުގައި ރައްޔިރުންގެ މަޖިލީހުގެ ރައީސް އަބްދުލް ރަހީމް އަބްދުﷲ އާއި މާމެންދޫ ކައުންސިލްގެ ރައީސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

މި ލެބޯރެޓްރީއަކީ މާމެންދޫގައި މުޅިން އަލަށް ގާއިމްކުރެވުނު ލެބޯރެޓްރީ އެކެވެ.

އެގޮތުން، މި ލެބޯރެޓްރީ ހުޅުވައިދެއްވުމަށްފަހު ރައީސް މުއިއްޒު އަދި މަޖިލީހުގެ ރައީސް އަދި މިނިސްޓަރ ވަނީ މި ލެބޯރެޓްރީ ބައްލަވާލައްވައިފަ އެވެ.

ރައީސްގެ މި ދަތުރުފުޅަކީ 3 ދުވަހުގެ މުއްދަތަކަށް ކުރަށްވަމުންގެންދަވާ ދަތުރުފުޅެކެވެ. ރައީސްގެ މި ދަތުރުފުޅުގައި ލ. އަތޮޅުގެ 11 ރަށަކަށް ވަޑައިގަތުމަށްވަނީ ހަމަޖެހިފަ އެވެ.

މި ދަތުރުފުޅުގައި، ރައީސް މުއިއްޒުގެ އަރިހުގައި ‎ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ހިމެނޭ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވަ އެވެ.

ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް މިނިސްޓްރީ އޮފް ހެލްތް ލ. ފޮނަދޫ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ