ފޮނަދޫ ބަނދަރާއި، މަގުތައް ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ލ. ފޮނަދޫ ބަނދަރު ތަރައްގީ ކުރުމާއި މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅަށް ކުރަމުން އަންނަ ދަތުރުފުޅުގެ ތެރެއިން ފޮނަދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގެ ތެރެއިންނެވެ. މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރ އަބްދުﷲ މުއްތަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަހްމަދު ސައުދީ އެވެ.

ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު

89.58 މިލިއަން ރުފިޔާގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، 98,233 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅާއި ނެރު ފުންކުރުމުގެ މަސައްކަތް ކުރެވޭނެ އެވެ. މީގެ އިތުރުން 482 މީޓަރުގެ އެއްގަމު ތޮށި ލުމާއި، މިހާރު ހުރި އެއްގަމު ތޮށި މަރާމާތު ކުރުމުގެ މަސައްކަތްވެސް ހިމެނެ އެވެ. މި މަޝްރޫއު ނިންމުމަށް ދެވިފައިވަނީ 540 ދުވަހެވެ.

މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއު

ފޮނަދޫގެ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ޖުމްލަ 12.36 ކިލޯމީޓަރުގެ މަގު ތަރައްގީ ކުރެވޭނެ އެވެ. 89.17 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން ފެން ހިންދާ ނިޒާމެއް ގާއިމްކުރުމާއި، ސަރވިސް ލައިން އެޅުމާއި، ދުވާރު ހެދުމާއި، ދުވާ ސަރަހައްދެއް ގާއިމްކުރުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫއު ނިންމުމަށް ދެވިފައިވަނީ 720 ދުވަހެވެ.

މި މަޝްރޫއުތަކަކީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތަކުގެ ތެރެއިން ކުރިއަށް ގެންދާ މަސައްކަތްތަކެކެވެ. މި މަޝްރޫއުތައް ނިމުމުން ފޮނަދޫގެ ރައްޔިތުންނަށް ލިބޭނެ ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ އެވެ.

މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) ލ. ފޮނަދޫ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ