އެކަނިވެރި މައިންގެ އެލަވަންސް އަންނަ އަހަރުން ފެށިގެން 3،000 ރުފިޔާއަށް ބޮޑުކުރަން ސަރުކާރުން ނިންމައިފި އެވެ.
މިކަން އިއުލާން ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ ލ. ގަމުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
މިހާރު އެކަނިވެރި މައިންނަށް ކޮންމެ މަހަކު ދެމުން އަންނަނީ 2،000 ރުފިޔާ އެވެ. ނަމަވެސް އަންނަ އަހަރުން ފެށިގެން މި އަދަދު 3،000 ރުފިޔާއަށް ބޮޑުކުރުމަށް ނިންމާފައިވާ ކަމަށާއި، މިކަމަށް ބޭނުންވާ ފައިސާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
”އެކަނިވެރި މައިންގެ އެލަވަންސް މިހާރު ދޭ އަދަދަށްވުރެ ބޮޑުކޮށްދީ، ކޮންމެ ކުއްޖަކަށް 3،000 ރުފިޔާއަށް އެކަނިވެރި މައިންގެ އެލަވަންސް ބޮޑުކޮށްދޭނެ ކަމަށް އަޅުގަނޑު ވައުދުވެފައި އޮންނާނެ. އެ ވައުދު ފުއްދުންވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފިން،“ ރައީސް ވިދާޅުވި އެވެ.
އެކަނިވެރި މައިންގެ އެލަވަންސް ބޮޑުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މިހާރު އެކަނިވެރި މައިންނާއި ބަފައިންނަށް މަހެއްގެ މައްޗަށް އާއިލާއަކަށް އެންމެ ގިނަވެގެން ދެވެނީ 10،000 ރުފިޔާއެވެ. އަދި ކޮންމެ ކުއްޖަކަށް ދެވޭ އިނާޔަތުގެ ނިސްބަތަކީ 1،000 ރުފިޔާ އެވެ.
މީގެ އިތުރުން ރައީސް މުއިއްޒު ވަނީ ތެލެސީމިއާ ބައްޔާއި ކުރިމަތިލާ ކުދިންނަށް މަހަކު 1،000 ރުފިޔާގެ އެލަވަންސްއެއް އަލަށް ތަޢާރަފުކުރައްވާނެކަމަށްވެސް ވިދާޅުވެފަ އެވެ. މި އެލަވަންސަށް 11.7 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާފައިވާކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތެލެސީމިއާ ލ.ގަން