ބްރޯޑްކޮމްގެ ކުރީގެ ރައީސް ހިމެނޭހެން މީޑިއާ ކޮމިޝަނަށް ތިން ނަމެއް

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މެންބަރުންގެ މަގާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ތިން ބޭފުޅަކު އެ ކޮމިޝަނަށް އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފި އެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ޤާނޫނުގެ ދަށުން އުފައްދާފައިވާ މި ކޮމިޝަނަކީ 7 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ. މީގެ ތެރެއިން 4 މެންބަރުން މީޑިއާތަކުގެ މެދުގައި ބާއްވާ އިންތިޚާބަކުން އައްޔަންކުރެވޭއިރު، 3 މެންބަރުން އައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހުން ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިއްޔެ ވަނީ އެ ކޮމިޝަނަށް ކުރިމަތިލެއްވި ބޭފުޅުންގެ އިންޓަވިއު ކުރިއަށް ގެންގޮސްފަ އެވެ. އަދި އިންޓަވިއުއަށްފަހު މެންބަރުން މާކްސްދެއްވި ގޮތަށް ބަލާއިރު، %75 އަށްވުރެ މަތިން މާކްސް ލިބިފައިވަނީ ތިން ފަރާތަކަށެވެ. އެ ތިން ފަރާތަކީ:

  • މުހައްމަދު ފަރުސަތު / ހ. ޓޫހަރޓްސް ؛ %90.50 މާކްސް
  • ސަފާ ޝަފީގު / ބިއްލޫރިވިލާ، ދ.މީދޫ (ބްރޯޑްކޮމްގެ ކުރީގެ ރައީސް) ؛ %88.88 މާކްސް
  • އާމިނަތު ސަރާހަތު އިއްޒަތު / ގ. ގޮފި ؛ %87.88 މާކްސް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ތިން ނަމަށް ވޯޓަށް އަހާނެކަމަށް ބެލެވެ އެވެ.

މީޑިއާ ކޮމިޝަނަށް ބްރޯޑްކާސްޓަރުންނާއި އެހެނިހެން މީޑިއާތަކުން އިންތިޚާބުކުރާ 4 މެންބަރުން މިހާރު ވަނީ ހޮވިފަ އެވެ. މިގޮތުން ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުކަމަށް ޢަބްދުލްޢަޒީޒް އިބްރާހީމާއި ޒަމްޢަތު އަޙްމަދު ވަޙީދު ހޮވިފައިވާއިރު، އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުކަމަށް ސިމާޙާ ނަސީމާއި ޙުސައިން ޘަޤީފް ވަނީ ހޮވިފަ އެވެ.

ރައްޔިތުންގެ މަޖިލިސް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ