ކޯޒްވޭ އާއެކު ޓޫރިޒަމް ފުޅާވެ އިގްތިސާދީ ގޮތުން ކުރިއެރުންތައް ގެނެވޭނެ: ރައީސް

Advertisement

އެންމެ ފަސް

Advertisement

ކަލައިދޫ އާއި ދަނބިދޫ ގުޅުވާ ކޯޒްވޭ އާއެކު ޓޫރިޒަމް ފުޅާވެ އިގްތިސާދީ ގޮތުން ކުރިއެރުންތައް ގެނެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދަނބިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އެ ރަށު މީހުންނަށް އެންމެ މުހިންމުވާނެ އެއް ކަމަކަށް ހަމަ ޔަގީނުންވެސް ވާނީ ކޯޒްވޭ ކަމަށާއި އެ މަޝްރޫއު އަކީ ގިނަދުވަސްވެފައިވާ މަޝްރޫއެއްކަން ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ މި ކޯޒްވޭ ތަރައްގީގެ މުހިންމު ގުޅުވާލުމަކަށް ވެގެންދާނެ ކަމަށެވެ. އަދި އިސްދޫ ކަލައިދޫ ކޮޅުން މި ކޯޒްވޭގެ މަސައްކަތް މާދަމާ ފަށާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

”ހަމަ ޔަޤީނުންވެސް މި ގުޅުވައިލުން ވެގެންދާނީ ތިޔަބޭފުޅުންނަށް ވަރަށް މުހިންމު ތަރައްޤީގެ ގުޅުވައިލުމަކަށް ކަން ޔަޤީންކުރަން. މީގެ ބޭނުމަކަށްވާނީ، ޓޫރިޒަމް ފުޅާކުރުމާއި، އިޤްތިޞާދީ ގޮތުން ކުރިއެރުންތައް ގެނައުން. އެހެންވީމާ، އެކަމުގައި ޓޫރިޒަމް ފުޅާކުރުމަށްޓަކައިވެސް ބޭނުންވާ މަގުތައް ފަހިކޮށްދިނުމަކީ ހަމަ އަޅުގަނޑުމެންގެ ސިޔާސަތު.“ ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން އެ ރަށުގައި މިއަދު ފެށުނު މަޝްރޫއުތަކާއި ފެށުމަށް ރާވާފައިވާ މަޝްރޫއުތަކަށް އަލިއަޅުއްވާލެއްވި އެވެ. އެގޮތުން މިއަދު އެ ރަށުގައި ފެށުނު ސިއްހީ މަރުކަޒަށް އިތުރު ކުރެވޭ އިމާރާތާއެކު ރައްޔިތުންނަށް ސިއްހީ ހިދުމަތް ފޯރުކޮށްދިނުން ވަސީލަތްތަކުގެ ގޮތުންނާއި ޖާގައިގެ ގޮތުން ވަރުގަދަވެ ފުރިހަމަވެގެންދާނެ ކަމަށެވެ. އަދި މި އިމާރާތުގައި ނާސް ސްޓޭޝަން، ލެބޯޓްރީ ފަދަ މުހިންމު ޖާގަތައް ހިމެނޭނެ ކަމަށް ވިދާޅުވި އެވެ.

އަންނަ އަހަރުގެ ތެރޭގައި ރާއްޖޭގެ 60 ރަށަކަށް ބޭނުންވާ އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތް ކުރައްވާނެކަން ފާހަގަކުރައްވައި މި މަޝްރޫއުގެ ތެރެއިން އެރަށަށް ބޭނުންވާ އެމްބިއުލާންސްވެސް ލިބިގެންދާނެކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ ރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ފެނަކައިން ޖަނަރޭޓަރެއް ގެންދާނެ ކަމަށާއި ނަރުދަމާގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދިނުމާއެކު މަގުހެދުމުގެ މަސައްކަތް އަވަހަށް ފެށިގެންދާނެކަމަށް ވިދާޅުވި އެވެ.

އެ ރަށުގެ ބަނދަރަށް ދިމާވެފައިވާ މައްސަލަތަކަށް ވެސް ރައީސް އަލިއަޅުއްވާލެއްވި އެވެ.

”ނެރުތައް ފުންކުރުމާއި ބަނދަރުތެރޭ ހުރި ދަތިތައް ހައްލުކުރުމަށް ކަމާ ބެހޭ ވުޒާރާއިން މި ދަތުރަށްފަހު ޓީމެއްފޮނުވާނެ. ސާވޭކޮށް އެ ދިމާވެފައި ހުރި ދަތިތައް ހައްލުކުރަން ދާ ހަރަދު އަންދާސާ ކުރަން . ކުރުމަށްފަހު އެކަން ކުރެވޭނެ ގޮތެއްވެސް އަޅުގަނޑުމެން ހަމަޖައްސާނަން.“ ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން މިއަހަރުތެރޭގައި 500 މީހުންގެ ޖާގައިގެ މިސްކިތަކާއި ހޭންޑްބޯލް ކޯޓެއް ގާއިމްކުރުމުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށް ހަމަ މި އަހަރުތެރޭ ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ލ.ދަނބިދޫ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ